ސަރުކާރުގެ ދެ ކުންފުންޏެއްގެ ވެރިން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމަށް ހުރަސް އަޅުއްވައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި އިންޒާރު ދިން ކަމަށް ބުނާ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި އެ މައްސަލައާ އެއްކޮޅަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވާހަކަ ދެއްކެވި އިރު ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް ވާހަކަ ދެއްކެވީ މައްސަލައާ ދެކޮޅަށެވެ.

މިނިސްޓަރު އިރުތިޝާމް ކޮމެޓީ އަށް ހާޒިރު ކުުރުމަށް ހުށަހެޅި ނަމަވެސް ކޮމެޓީން ފާސްކުރީ މައްސަލަ ހިނގައި ދިޔަ ގޮތް މިނިސްޓަރު އިރުތިޝާމް ލިޔުމަކުން ކޮމެޓީއަށް ހުށަހެޅުމަށެވެ.