21 Mar 2016, 12:27
އެންޒީ ކުންފުނީގެ ޕިކަޕަކުން ޖެހި އެ ކުންފުނީގެ ބިދޭސީ މުވައްޒަފަކު މަރުވި މައްސަލައިގައި މި މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ހައްޔަރު ކުރި ޕިކަޕް ޑްރައިވަރުގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ޑްރައިރުގެ ބަންދަށް އިއްޔެ ކޯޓުން 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހު 3:15 ކަންހާއިރު ހުޅުމާލޭގައި ހުންނަ އެންޒީ ފެކްޓްރީގައި ޕިކަޕެއް ފަހަތައް ޖެހިވަގުތު ޕިކަޕު ފަހަތުގައި ހުރި ބިދޭސީއެއްގެ ގައިގައި އެ ޕިކަޕުން ޖެހި ޒަހަމްވެ އޭނާ މަރުވެފައިވާ ކަމަށެވެ. ބަނގްލަދޭޝް މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.