(17 މާރޗްގެ އަދަދާ ގުޅޭ)

ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ހަތަރު ޢުޒުރުވެސް ޤަބޫލުކުރެއްވިއެވެ.عمر بن الخطّاب رضى اللّـه عنهގޮވައިގެން އެކަމަނާގެ އަރިހަށް ވަޑައިގެން އެކަމަނާގެ ގެއަށް ވެދެވަޑައިގަތުމުގެ ހުއްދަ އެދިވަޑައިގެންނެވިއެވެ.السّيّدة أمّ سلمةވިދާޅުވާގޮތުގައި އޭރު އެކަމަނާ އިންނެވީ ހަމެއްގައި ކުލަޖައްސަވާށެވެ. އެކަމަނާ ކައުސާހިބާއަށް ގެއަށް ވެދެވަޑައިގެންނެވުމުގެ ހުއްދަ ދެއްވިއެވެ.އަތްޕުޅު ސާފުކުރައްވައިގެން އިތުރު ސާހިބާ އިށީނދެވަޑައިގަތުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ. އިތުރު ސާހިބާ އެކަމަނާގެ ޢުޒުރުތަކަށް، އަންނަނިވި ޖަވާބުދެއްވިއެވެ.

ހ. ކަމަނާގެ ޣީރަތްތެރިކަން ފިލުއްވައި ކޯފާ މަޑުކުރައްވާތޯ ދުޢާކުރައްވާނަމެވެ.

ށ. ތިމަންކަލޭގެފާނަކީ ކަމަނާއަށްވުރެވެސް އުމުރުފުޅުން ދުވަސްވެފައި ހުންނެވި ބޭކަލަކީމެވެ.

ނ. ތިމަންކަލޭގެފާނު ކަމަނާގެ ކާވެނިފުޅަށް މިއެދިވަޑައިގަތީ ކަމަނާގެ ބޭފުޅުންގެ ބެލެނިވެރިކަމާ ޙަވާލުވެ، ކަމަނާއަށް އެހީތެރިވެދެއްވުމަށްޓަކައެވެ.

ރ. ކަމަނާގެ ވަލީވެރީންގެ ތެރޭގައި ކަމަނާ ތިމަންކަލޭގެފާނާ ކާވެނިބައްލަވަން ޤަބޫލުނުވާނެ މީހަކު ނުހުންނާނެއެވެ.

السّيّدة أمّ سلمة رضى اللّـه عنهاވިދާޅުވެފައިވެއެވެ. "ކައުސާހިބާصلّى اللّـه عليه وسلّمއަހަރެންގެ ވާހަކަ ނުހަނު ކެތްތެރިވެވަޑައިގެން އަޑުއައްސަވައި ނުހަނު ފުރިހަމަޔަށް ޖަވާބު ދެއްވުމުން އަހަރެން ހިތުގެ އަޑީން އުފާކުރީމެވެ." އެވަގުތު އެކަމަނާعمر بن الخطّاب رضى اللّـه عنهއަށް ދަންނަވައިގެންعمرގެފާނު އެކަމަނާއާއި ކައުސާހިބާصلّى اللّـه عليه وسلّمގެ ކާވެނިފުޅު ޢަޤްދުކޮށްދެއްވިއެވެ.عمرގެފާނަކީ އެކަލޭގެފާނުގެ މައިކަނބަލުންގެ ފަރާތްޕުޅުންالسّيّدة أمّ سلمة رضى اللّـه عنهاގެ ތިމާގެފުޅު ބޭކަލެކެވެ.

ކައުސާހިބާصلّى اللّـه عليه وسلّمއާއިأمّ المؤمنين السّيّدة أمّ سلمة بنت أبى أميةއާ ކާވެނިކޮށްދެއްވީ އެކަމަނާގެ ދަރިކަލުންعمر بن أبى سلمةއަންގަވައިގެންعمر بن أبى سلمةކަމަށް ބައެއް މުއައްރިޚުން ލިޔުއްވައިފައި ހުރެއެވެ. ނަމަވެސް ޢިލްމުވެރީންގެ މުޙައްޤިޤުން ވިދާޅުވާގޮތުގައި،السّيّدة أمّ سلمة رضى اللّـه عنهاގެ ފިރިހެން ބޭފުޅުންނަކީ އޭރު އެފަދަކަމަކަށް އެކަށީގެންވާ ވަރަށްވުރެ ތުއްޕުޅު ބޭފުޅުންނެވެ. ޚާއްޞަކޮށްعمر بن أبى سلمةރައްކައުވީވެސް މަދީނާގައެވެ. މި ރިވާޔަތުގެ ސަނދު ޞައްޙަކަމުގައިވިޔަސް މި ރިވާޔަތަށް "لإبنها"މިބަސް އިތުރުވެފައިވަނީ އެކަމަނާގެ ބޭފުޅުންގެ ތެރޭގައިވެސްعمرއެވެ ކިޔުނު ބޭފުޅަކު ހުންނަވާތީ އެކަމަނާقم ياعمرއެވެ ވިދާޅުވުމުން ރާވީއެއްގެ ހީގެމައްޗަށް ބިނާކޮށް ކުށްގޮތެއްގައެވެ. ކައުސާހިބާصلّى اللّـه عليه وسلّمأمّ سلمة بنت أبى أمية رضى اللّـه عنــهاއާ ކާވެނިބައްލަވައިގެންނެވީ ހިޖްރައިން ހަތަރުވަނަ އަހަރުގެ ޝައްވާލުމަހުގެ ފަހުކޮޅުގައެވެ.

السّيّدة أمّ سلمة رضى اللّـه عنــهاވިދާޅުވެފައިވެއެވެ. ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިކަނބަލަކަށްވެأمّ المؤمنينގެ ޢިއްޒަތް އަހަންނަށް ލިބުމުން އަހަރެން ހިތުގެ އަޑީން އުފާކުރީމެވެ. އަރަހުށި މާތްاللّـه سبحانه وتعالىވަނީ އަހަރެންގެ ކުރީގެ ފިރިކަލުންأبو سلمة رضى اللّـه عنهކުރެއްވި ދުޢާއާއި އަހަރެންގެ ދުޢާ އިޖާބަކޮށްދެއްވައިފިއެވެ.أبو سلمةއަށްވުރެ ހެޔޮބަދަލެއް ދެއްވައިފައެވެ.

ކައުސާހިބާصلّى اللّـه عليهوسلّم، أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاއަށް ހޯއްދަވައިދެއްވި ހިފައިގެންގުޅޭ ތަކެއްޗަކީ އުޑިއަކާއި، ފެންއަޅާ ބާވަތުގެ ކަންވާރަކާއި، ކަދުރުރުކުގެ ފަންވަތް އެތެރެއަށް ލައިފައިވާ ބާލީސްކޮޅެކެވެ. އިތުރު ސާހިބާصلّى اللّـه عليهوسلّمއެހެނިހެން އަނބިއަނބިކަނބަލުންނަށްވެސް ދެއްވާ ތަކެއްޗަކީ މިއީއެވެ.(مسنه أحمد)ބައެއް ރިވާޔަތްތަކުގައިވާގޮތުން ރިކާބީއަކާއި ފެންބޯން ބޭނުންކުރާ ބާވަތުގެ ކަންވާރެއްވެސް ދެއްވިއެވެ. ކައުސާހިބާ އެކަމަނާ އިންނަވަން ހަމަޖެއްސެވީأمّ المؤمنين السّيّدة زينب بنت حزيمة رضى اللّـه عنــهاއަށްޓަކައި ހެއްދެވި ކޮޓަރިކޮޅުގައެވެ.السّيّدة زينب بنت حزيمةއޭރުވަނީ އަވަހާރަވެފައެވެ.أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاވިދާޅުވާގޮތުގައި، އެކަމަނާ އެކޮޓަރިކޮޅަށް ވަޑައިގެން ހޯއްދަވައިލެއްވުމުން ފެނިވަޑައިގެންނެވީ، ގިތެޔޮއަޅައިފައިހުރި ކަންވާރަކާއި، ހިމަގޮދަންއަޅައިފައިހުރި ގުޅިޔަކާއި، އުޑިއަކާއެވެ.أمّ المؤمنينވިދާޅުވާގޮތުގައި އެކަމަނާ ގޮދަންމުގުރުއްވައި ރޮށިފިއްސަވައިގެން ރޮށިފުނޑުކުރައްވައި ގިތެލާއި ހަކުރާ އެއްކުރައްވައިގެން މަލީދާ (ނުވަތަ އަޞީދާ) ތައްޔާރުކުރެއްވިއެވެ. އާކާވެނިފުޅުގެރޭ ދެމަފިރިކަނބަލުން ފަރީއްކުޅުއްވީ މަލީދާއެވެ.

أمّ المؤمنينالسّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاއަކީ އިންތިހާދަރަޖައިގެ ލަދުރަކި ބޭކަނބަލެކެވެ. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވިތާ ކުރީކޮޅުގައި އިތުރު ސާހިބާ އެކަމަނާގެ ކޮޓަރިކޮޅަށް ވަޑައިގަތުމުން ލަދުފުޅުން އެކަމަނާގެ ދަރިކަނބަލުންزينب بنتأبى سلمةއުނގުފުޅަށް ލައްވައިގެން އިންނަވަނީއެވެ. ކައުސާހިބާصلّى اللّـه عليهوسلّمއަކީވެސް ނުހަނު ލަދުފުޅުގެން ވަޑައިގަންނަވާ އޯގާވެރި ބޭކަލެކެވެ. އެހެންކަމުން، އިތުރު ސާހިބާ އިރުކޮޅަކުزينبއުރުވަޑުއްވައިގެން ގެންގުޅުއްވައިލައްވައިފައި އެނބުރި ވަޑައިގަންނަވަނީއެވެ.

ކިރުފޮދުގެ ގޮތުންأمّ المؤمنينގެ އަޚެއްކަމުގައިވާعمّار بن ياسر رضى اللّـه عنــهއަށް އެކަން އެގޮތަށް ހިނގާކަން އެނގިވަޑައިގަތުމުން ނުޤަބޫލުފުޅުވެވަޑައިގެން ވަޑައިގެންزينبއަތުލައްވައިގެން ގެންދަވައި އާޔާއަކާ ޙަވާލުކުރެއްވިއެވެ. ނަމަވެސް ގިނަދުވަސްތަކެއްނުވެ އެމައްސަލަ ހަމަޖެހި،السّيّدة أمّ سلمةވެސް އެހެނިހެންأمّهاتއިންނާ އެއްތައްގަނޑަކަށް ފެތިވަޑައިގެންފިއެވެ. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާގެ ދަރިކަނބަލުން އެކަމަނާއަށް ހޯއްދަވައިދެއްވައިފިއެވެ.

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاގެ ސީރަތު ލިޔުއްވާ ބައެއް ޢިލްމުވެރީންعمّار بن ياسر رضى اللّـه عنــهއަކީ އެކަމަނާއާ އެއްބަނޑު ބޭކަލެއްކަމުގައި ލިޔުއްވައިފައި ހުރެއެވެ. ނަމަވެސް ތާރީޚާއި ސީރަތުގެ މުޙައްޤިޤުން ވިދާޅުވާގޮތުގައި، އެއީ އަރައިގެންވާނެ އޮޅުމެއް ނޫނެވެ.أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاގެ މައިކަނބަލަކީعاتكة بنت عامرއެވެ.عمّارގެ މައިކަނބަލަކީسميّة بنت خيّاط رضى اللّـه عنــهاއެވެ.عمّارއަކީ ކިރުފޮދުގެ ގޮތުންأمّ المؤمنينގެ އަޚެކެވެ. އެއްބަނޑު ބޭކަލެއް ނޫނެވެ.

ކައުސާހިބާصلّى اللّـه عليهوسلّم، أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاދެކެ ވަރަށްބޮޑަށް ލޯބިފުޅުވެއެވެ. އެހެންކަމުން މުއުމިންތަކުންގެ މައިކަނބަލުންކުރެ އެއްވެސް ބޭކަނބަލެއްގެ ހިތްޕުޅުގައިأمّ المؤمنين السّيّدة عائشة رضى اللّـه عنــهاއާމެދު ޝަކުވާއެއް އުފެދިއްޖެނަމަ، ކައުސާހިބާގެ އަރިހަށް އެކަމެއް ހުށަހެޅުއްވުމުގައި މެދުވެރިކުރައްވަނީأمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاއެވެ. އިތުރު ސާހިބާ ކޮންމެދުވަހެއްގެ ޢަޞުރުނަމާދަށްފަހު އެންމެހައިأمّهاتއިންގެ ކޮޓަރިކޮޅުތަކަށް ވަޑައިގަންނަވާއިރު ފައްޓަވަނީالسّيّدة أمّ سلمةގެ ކޮޓަރިކޮޅުންނެވެ. ނިންމަވައިލައްވަނީالسّيّدة عائشةގެ ކޮޓަރިކޮޅަށެވެ.

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاކައުސާހިބާصلّى اللّـه عليهوسلّمއަށް ކަންތައް ފަސޭހަކޮށްދެއްވަން ވަރަށްބޮޑަށް ވިސްނާވަޑައިގެންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليهوسلّمގެ ޚާއްޞަ ޚާދިމެއްކަމުގައިވާسفينةއަކީ ޙަޤީޤަތުގައިأمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاގެ އަޅެކެވެ.سفينةމިނިވަންކުރެއްވީ، ކައުސާހިބާصلّى اللّـه عليهوسلّمދުނިޔޭގައި ހުންނެވިހައި ދުވަހަކު އެމާތް ސާހިބާއަށް ޚިދުމަތްކުރެއްވުން ޝަރުޠު ކުރައްވައިފައެވެ.(مسند أحمد)

ކުރީންވެސް ދަންނަވައިފައިވާނޭ ފަދައިން،أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاއަކީ އިސްލާމްދީން ޤަބޫލުކުރައްވަން އިސްނަންގަވައި ކުރިޔަށް ނިކުމެވަޑައިގެންނެވި މުޤައްދަސް ޖަމާޢަތުގެ މެމްބަރެކެވެ. އެހެންކަމުން، އެކަމަނާ އޭރުއްސުރެ ގެންދެވީ އިސްލާމްދީނުގެ ތަޢުލީމުތައް ހިތްޕުޅުގައި ޚަޒާނާ ކުރައްވަމުންނެވެ. ހިޖުރައިން ހަތަރުވަނަ އަހަރުأمّهاتالمؤمنينގެ ޝަރަފުވެރި ޖަމާޢަތުގައި ހިމެނިވަޑައިގެންނެވުމާއެކު، ވަކީން ޚާއްޞަގޮތެއްގައި ކައުސާހިބާގެ ޙަޔާތްޕުޅު ވަރަށް އަރިހުން ބައްލަވަމުން ގެންދެވިއެވެ. އެހެންކަމުންأمّهاتން ގެ ތެރެއިންأمّهاتالمؤمنينالسّيّدة عائشة صدّيقة رضى اللّـه عنــهاފިޔަވައި އިތުރު ސާހިބާގެ ޙަޔާތްޕުޅާއި، ދެއްވި އިރްޝާދުތަކާ ބެހޭ އެންމެ ބޮޑު ޚަޒާނާއެއް ޖަމާކުރައްވައިފައިވަނީ އެކަމަނާއެވެ. ތިރީގައިމިވަނީ މިގޮތުން އެކަމަނާ އުންމަތަށް ހަދިޔާކުރައްވައިފައިވާ އެތަކެއް ޙާދިޘާ ތަކެއްގެ ވާހަކަތަކުގެ ތެރެއިން ބައެއް ޙާދިޘާތަކުގެ ވާހަކައެވެ. ކައުސާހިބާގެ ސީރަތާ ގުޅުންހުރި ބައެއް ޙާދިޘާތަކުގެ ވާހަކައެވެ.

  1. ޚަންދަޤު ހަނގުރާމައިގެ ތައްޔާރީތަކާ ބެހޭގޮތުންأمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاރިވާކުރައްވައިފައިވެއެވެ.

"އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ދިފާޢީގޮތުން މަދީނާ ވަރުގަދަކުރެއްވުމުގެ ފިޔަވަޅެއްގެ ގޮތުން މަދީނާގެ ބޮޑެތި ބައެއް މަގުތަކުގައި ފާރު ރޭނުއްވިއެވެ. ކައުސާހިބާصلّى اللّـه عليهوسلّمއަމިއްލަފުޅަށްވެސް ގައު އުފުއްލެވިއެވެ. މޭފުޅުމަތި ހުރީ ހިރަފުހުން ތަތްތެޅިފައެވެ. ޖިހާދަށް ހިތްވަރުދެއްވުމުގެ ޅެންތައްވެސް ވިދާޅުވިއެވެ. އިތުރު ސާހިބާގެ ސަމާލުކަންعمّار بن ياسر رضى اللّـه عنــهގެ މައްޗަށް ކުއްލިޔަކަށް ހުއްޓުނެވެ.عمّارއެހެން މީހުނަށްވުރެ މާގިނައިން ގައު އުފުއްލަވަމުން ގެންދެވިއެވެ. އިތުރު ސާހިބާعمّارއާ މުޚާޠަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. އޭسميّةގެ ދަރިފުޅާއެވެ! ކަލޭގެ ޤަތުލުކުރާނީ ބާޣީންގެ ޖަމާޢަތަކުންނެވެ."

  1. "ކައުސާހިބާصلّى اللّـه عليهوسلّمގެ އަރިހުގައި ޚަންދަޤު ހަނގުރާމައިގައި އަހަރެން ބައިވެރިވީމެވެ. އެދުވަސްވަރަކީ މަދީނާއަށް ވަރަށް ފިނިގަދަ ދުވަސްވަރެކެވެ. ކައުސާހިބާصلّى اللّـه عليهوسلّمއެއްރެޔަކު ވަރަށްގިނައިރު ވަންދެން ނަމާދު ކުރެއްވިއެވެ. އެއަށްފަހު ފޭލިގެކޮޅުން ބޭރަށް ނިކުމެވަޑައިގެން ވަރަށްގިނައިރުވަންދެން އެކިދިމަދިމާއިން ޚަންދަޤުގެ ކައިރިއާއި ދެފަރާތުގެ ލަޝްކަރުގެ ޙާލަތު ބައްލަވައި ހެއްދެވިއެވެ." އަހަންނަށް އަޑުއިވުނީ، އިތުރު ސާހިބާ ޙަދީޘުކުރައްވާ އަޑެވެ. "މުޝްރިކުންގެ ސަވާރުންތަކެއް ޚަންދަޤުގެ ކައިރިން އެބަ ބުރުޖަހައެވެ." ކައުސާހިބާصلّى اللّـه عليهوسلّمއެއަށްފަހުعبّاد بن بشر رضى اللّـه عنــهއަށް ވިދާޅުވިއެވެ.عبّادވިދާޅުވިއެވެ. "އާދޭހެވެ! މާތްاللّـهގެ ރަސޫލާއެވެ!" އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ކަލެޔާއެކު އެހެންމީހަކު ވޭހެއްޔެވެ؟"عبّادވިދާޅުވިއެވެ. "އާދޭހެވެ. މުޖާހިދުންގެ ގެމައެއް އެބަތިއްބެވެ." އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ކަލޭގެ އެކުވެރީންނާއެކު ޚަންދަޤުގެ ކައިރިން ބުރުޖަހައިބަލާށެވެ. ތިމަންކަލޭގެފާނު ދުޝްމިނުންގެ ސަވާރުންތަކެއް ދެކެވަޑައިގެންފީމެވެ. އެބައިމީހުން އެބަލަނީ، ޚަންދުގެ ތަންކޮޅެއް ހަނިދިމާއެއް ފެނޭތޯއެވެ. އެތަނުން ޚަންދަޤު ހުރަސްކޮށް ތިޔަބައިމީހުނަށް ކުއްލި ޙަމަލެއް ދޭންވެގެންނެވެ." ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ، މަތިވެރިވަންތަ މާތްاللّـهގެ ޙަޟުރަތަށް ދުޢާކުރެއްވިއެވެ.

"އޭ މާތްاللّـهއެވެ! އެއުރެންގެ ނުބައިކަމުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ! އެއުރެންގެ މައްޗަށް އަޅަމެންނަށް ފަތަޙަ ދެއްވާނދޭވެ! އޭاللّـهއެވެ! އެއުރެން ބަލިކުރައްވާނދޭވެ! އިބަރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއުރެން ބައްޔެއް ނުކުރެވޭނެއެވެ."

"عبّاد بن بشر رضى اللّـه عنــهކައުސާހިބާصلّى اللّـه عليهوسلّمގެ އިރްޝާދަށް ޢަމަލުކުރެއްވިއެވެ. އެކަލޭގެފާނުގެ އެކުވެރީން ގޮވައިގެން ޚަންދަޤުގެ ކައިރީން ބުރުޖައްސަވަން ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީأبوسفيانދުޝްމިނުންގެ އަސްވާރުންތަކެއް ގޮވައިގެން ޚަންދަޤުގެ ތަންކޮޅެއް ހަނި ދިމާޔަކުން ޚަންދަޤު ހުރަސްކުރައްވަން މަސައްކަތްކުރައްވާ މަންޒަރެވެ. މުޖާހިދުން މުޝްރިކުންނާ ޙަމަލަ ދެއްވިއެވެ. އެބޭކަލުން ހިލައާއި ދުނީގެ ވާރޭ ވެއްސައިލެއްވިހައިއިރުން ދުޝްމިނުންނަށް މަޖްބޫރުވީ ފިލައިގެން ދިޔުމަށެވެ."

(ނުނިމޭ)