21 Mar 2016, 09:01
ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ގުނަވަނަކީ ކިޑްނީ އެވެ. ކިޑްނީއަކީ ލޭގައި ހުންނަ ބޭކާރު މާއްދާތަކުންނާއި ކުނިބުނި ތަކުން ލޭ ސާފުކޮށް އެ ކުނިބުނިތައް ބޭރު ކުރުމުގައި މައިގަނޑު ރޯލު އަދާކުރާ ހަމައެކަނި ގުނަވަނެވެ.
އެހެންކަމުން ކިޑްނީ އަކީ އަބަދުވެސް ސަމާލުކަން ދޭން ޖެހޭ ގުނަވަނެކެވެ. އެ ގުނަވަނަށް ގެއްލުން ދޭ ނުވަތަ އެ ގުނަވަނުގެ މައްސަކަތަށް އިތުރު ބުރަ ކަމެއް ގެނެސްދޭ އެންމެހާ އަމަލުތަކުން ދުރުހެލިވާން ޖެހެއެވެ. ހަމައެއާއެކު، އެ ގުނަވަން އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް އެހީތެރިވެދޭ ބުއިންތައް ބޭނުން ކުރުމުގައިވެސް އިސްކަން ދޭން ޖެހޭނެ އެވެ.
ލުނބޯ ޖޫސް

ލުނބޯ ޖޫހަކީ ވަރަށް އެސިޑިކު ޖޫހެކެވެ. އޭގެ ސަބަބުން ކިޑްނީގައި އުފެދޭ ހިލަތައް ވިރުވާލަ އެވެ. އެހެންކަމުން އާދަކޮށް ލުނބޯ ޖޫސް ބޭނުން ކުރާނަމަ ކިޑުނީގައި ހިލަ އުފެދުމުން ދުރުކޮށްދޭނެ އެވެ.
ގޭގައި ތައްޔާރުކުރާ ބުއިންތައް
ކިޑްނީ ސާފު ކުރުމަށް ގޭގައިވެސް ތަފާތު ވައްތަރުތަކުގެ ޖޫސް ތައްޔާރުކޮށްލެވިދާނެ އެވެ. އެގޮތުން އެފަދަ ޖޫހަކަށް ބަލައިލާނަމެވެ.
ބޭނުންވާ ތަކެތި:ފެން، ލުނބޯ ހުތް، އެޕަލް ސިޑާ ވިނެގާ، ރިނަލްޓްރެކްސް (ސަޕްލިމެންޓެއް)
ތައްޔާރު ކުރާނެ ގޮތް:އެ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އޭރުން ޖޫސް ތައްޔާރު ކުރެވުނީ އެވެ.
ރިނަލްޓްރެކްސް އަކީ ކިޑްނީ ޑީޓޮކްސިފައި ކޮށްދޭ އެއްޗެކެވެ.
މޭވާ އާއި ތަރުކާރީ ޖޫސް

ތަފާތު ވައްތަރުގެ މޭވާ އާއި ތަރުކާރީ ޖޫހަކީވެސް ކިޑްނީ ސާފު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ސަބަބަކީ އޭގައި ގިނަ އަދަދަކަށް އެކުލެވޭ އެންޓިއޮކްސިޑެންޓުތަކާއި ވިޓަމިންސް އަދި މިނެރަލްސް ތަކެވެ.
އެހެންކަމުން މޭވާ އާއި ތަރުކާރީ ޖޫސް ވީހާވެސް ގިނައިން ބޭނުން ކުރާށެވެ. އޭގެ ސަބަބުން ކިޑްނީ އާއި ލިވާ ޑީޓޮކްސިފައިކޮށް އެ ދެ ގުނަވަނުގެ މަސައްކަތް ލުއިކޮށްދޭނެ އެވެ.