20 Mar 2016, 15:56
ކޮކާ ކޯލާގެ އާ ކެމްޕެއިން "ޓޭސްޓް ދަ ފީލިންގް" ރާއްޖޭގައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.
މިއަދު ސޯލްޓު ކެފޭ އެންޑް ރެސްޓޮރަންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ކޮކާކޯލާގެ ޖެނެރަލް މެނޭޖަރު މިލިންޑް ދެނެސާރީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެނެރަލް މެނޭޖަރު ވިދާޅުވީ، ކޮކާ ކޯލާ ކުންފުނިން މިހާތަނަށް އައި އިރު 45 ކެމްޕެއިނެއް ލޯންޗުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ލޯންޗު ކުރީ 46 ވަނަ ކެމްޕެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓޭސްޓް ދަ ފީލިންގް އަކީ ގުލޯބަލް ލޯންޗެއް. އެ އާ ކެމްޕެއިން އެކި ސަރަހައްދުތަކުގައި އެކި ތާރީހުތަކުގައި އެ ފެށިފައި ވަނީ. އެންމެ ފުރަތަމަ ލޯންޗު ކުރީ މި އަހަރުގެ 19 ޖެނުއަރީގައި ޕެރިހުގައި. ދެން 26 ޖެނުއަރީގައި ހޮންގުކޮންގުގައި ލޯންޗު ކުރީ،" ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

ކޮކާ ކޯލާގެ އާ ކެމްޕެއިން "ޓޭސްޓް ދަ ފީލިންގް" ރާއްޖޭގައި ލޯންޗު ކުރުމުގެ ހަފްލާ ތެރެއިން --- ސަން/ފޮޓޯ
އޭނާ ވިދާޅުވީ، މިހާތަނަށް އައި އިރު ކޮކާ ކޯލާގެ ތަފާތު ބްރޭންޑުތައް މާކެޓު ކުރަމުން އައީ ވަކިވަކިން ކަމަށެވެ. އެހެންނަމަވެސް ކޮކާ ކޯލާގެ ހުރިހާ ބްރޭންޑުތައް އެއް ކެމްޕެއިނެއްގެ ދަށަށް ގެންނަން ޖެހޭ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.
"ކޮކާ ކޯލާ ކުންފުނީގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އަހަރުމެން ކޮކާ ކޯލާގެ ހުރިހާ ބްރޭންޑުތައް ޔުނައިޓު ކުރަނީ މި. ކޮކާ ކޯލާގެ ހުރިހާ ބްރޭންޑުތައް އެއް ކެމްޕެއިނެއްގެ ދަށަށް ގެންނަން ޖެހޭ. ކޮކާ ކޯލާ އަކީ އެއް ބެރޭންޑެއް." ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮކާ ކޯލާގެ އާ ކެމްޕެއިނާ އެކު އާ އެންތަމްތަކެއް ވެސް ކޮންމެ ގައުމެއްގައި ލޯންޗު ކުރާ ކަމަށެވެ. އެގޮތުން ތިން ޓީވީސީއެއް ރާއްޖޭގައި ލޯންޗު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ޓީވީސީއެެއް. އެކައްޗަކީ 60 ސިކުންތު، ދެވަނަ އެއްޗަކީ 30 ސިކުންތު އަދި ތިން ވަނަ އެއްޗަކީ 15 ސިކުންތު." ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވަރަށް އަވަހަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.