20 Mar 2016, 09:38
މިދިޔަ ހުކުރު ދުވަހު ސްކްރީންތަކުގައި އެޅުވި، "ކަޕޫރު އެންޑް ސަންސް" އަށް އެދުވަހު އެކަނިވެސް 6.85 ކުރޯޑު ރުޕީސް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ. އެހެންކަމުން އެ ފިލްމަށް ދެ ތިން ދުވަސް ތެރޭގައި 10 ކުރޯޑު ރުޕީސް ލިބޭނެ ކަމަށް ބެލެވެ އެވެ.
ލީޑު ރޯލުން އާލިއާ ބަޓް އާއި ސިދާތު މަލްހޯތުރާ އަދި ފަވާދު ޚާން ފެނިގެންދާ އެ ފިލްކަމީ، އާލިއާ އާއި ސިދާތު އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. ހަމައެއާއެކު އެއީ ފަވާދު ޚާންވެސް ބޮލީވުޑްގައި ކުޅޭ ދެވަނަ ފިލްމެވެ.
އެ ތިން ތަރިންގެ އިތުރުން ވެސް އެ ފިލްމުގައި ރިޝީ ކަޕޫރު، ރަޖަތު ކަޕޫރު، ރަތުނާ ޕަތަކު ޝާހު ފަދަ ފާހަގަ ކޮށްލެވޭ ތަރިންތަކެއް ފެނިގެންދާނެ އެވެ.
"ކަޕޫރު އެންޑް ސަންސް" ގައި އެންމެ ތަފާތު ރޯލަކުން ފެންނާނެ އެއް ތަރިއަކީ ރިޝީ ކަޕޫރު އެވެ. އުމުރުން ވަރަށް ދުވަސްވެފައިވާ މީހެއްގެ ސިފަ ދެއްކުމަށް ރިޝީ ވަނީ އެ ފިލްމުގައި ވަރަށް ތަފާތު އަދި އުނދަގޫ މޭކްއަޕެއް ވެސް ކޮށްފަ އެވެ.