ދެ ގްރޫޕެެއްގެ ދެމެދުގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 13 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ފުލުހުން އެމީހުން ހައްޔަރުކޮށްފައިވަނީ ގ. މަސްއޮޑިގޭގައި ހިނގާ ދިޔަ މާރާ މާރީއަކާއި ގުޅިގެންނެވެ. ފުލުހުން ބުނެފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މަސްއޮޑިގޭގައި ރޭ ހިނގި މާރާމާރީގައި ބައެއް މީހުންނަށް އަނިޔާވި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަަށް ވިދާޅުވީ ރޭ ހައްޔަރު ކުރި 13 މީހުން މިރޭ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުން ދޫކޮށްލީ ފުލުހުން ކަމަށް މީޑިއާ އޮފިސަލް ވިދާޅުވި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ރޭ ވިދާޅުވީ އެސްއޯ ފުލުހުންގެ ބަޔަކު މަސް އޮޑިގެއަށްވަދެ މާރާމާރީ ހިންގި ކަމަށް ބަޔަކު ތުހުމަތު ކުރަމުންދާތީ އެކަން އެކަން ބަލަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ މަސްއޮޑި ގޭގައި ހިންގި މާރާމާރީގައި ބައެއް ޒުވާނުންތަކަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން ބައެއް މީހުންގެ ކަންފަތުން ލޭ އައިސްފައިވާއި ބޯ ފަޅައިގެން ގޮސް، ގައިގެ ތަންތަން ނޫފައިގެންފައިވާތަން ފޮޓޯތަކުން ފެނެ އެވެ.

އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ރޭ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.