އެމެރިކާގެ މަޝްހޫރު ތަރި އަދި ލަވަކިޔުންތެރިޔާ ޝާލީ ޓެމްޕްލްގެ ނޫ އަލިމަސް އަގޮއްޓި ނީލަމުގައި ވިއްކާލުމަށް ތައްޔާރުވަމުންދާ ކަމަށާއި ނީލަން ފެށޭ އަގަކީ 25 މިލިއަން ޑޮލަރު ކަމަށް ނީލަން އޮފީހުން ބުނެފި އެވެ.

ކުޑަކުއްޖެއްގެ ރޯލެއްގެ ގޮތުގައި ހޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ ކުޅަދާނަ ތަރި ޝާލީ ޓެމްޕްލްގެ ނޫއަލިމަސް އަގޮއްޓިއަކީ 9.54 ކެރެޓުގެ ގަދަ ނޫކުލައުގެ އަގޮޓި އެކެވެ. ނީލަން އޮފިހުން ބުނާ ގޮތުން ޝަލީގެ ބައްޕަ އެ އަގޮއްޓި އޭނާއަށް ގަނެދިނީ 1940 ވަނަ އަހަރު 7210 ޑޮލަރަށެވެ.

ޝާލީ ޓެމްޕްލް --

ޝާލީގެ ނޫއަލިމަސް އަގޮއްޓި އަމިއްލަ ވިޔަފާރިވެރިއަކު މީގެ ކުރިން އޭނާގެ މުދަލުގެ ތެރެއިން ގަތުމަށްފަހު މިހާރު ނީލަމުގައި ވިއްކާލަން ނިންމީ ކަމަށް ނީލަން އޮފީހުން ބުނެ އެވެ. އެ މީހުން ލަފާކޮށްފައިވަނީ 35 މިލިއަން ޑޮލަރަށް އޭގެ އަގު އަރާނެ ކަމަށެވެ.

ޝާލީ 1935 ވަނަ އަހަރު އޮސްކާ އެވާޑް ހަފްލާގައި ލީ ހެދުމެއް މީގެކުރިން އޭނާގެ އާއިލާއިން ވަނީ ނީލަމުގައި ވިއްކާލާފަ އެވެ.

ކުޑައިރު ތަރިއެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް ފަހުން ޝާލީ ވަނީ އޭނާގެ ފިލްމީ ކެރިއަ ދޫކޮށްލުމަށް ފަހު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން އެމެރިކާއިން ގާނާއަށް ކަނޑައަޅާފައިވާ އެމްބެސަޑަރަކަށް ޝާލީ ވެގެންދިޔަ އެވެ.