20 Mar 2016, 08:49
ނުރަވުމަކީ އުމުރުން ދުވަސްވާކަމުގެ އެއް އަލާމާތެވެ. އެހެންނަމަވެސް އިނގޭ ހެއްޔެވެ؟ ބޯ ނުރަވަނީ ހަމައެކަނި އުމުރުން ދުވަސްވުމަކުން ނުވަތަ ޖެނެޓިކަލީ ވާ ކަމެއް ނޫނެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް މަދުވުމުގެ ސަބަބުންވެސް ދިމާވެދާނެ ކަމެކެވެ.
އެހެންކަމުން އިސްތަށިގަނޑު ނުރަވުމުން ދުރުކޮށްދޭ ބައެއް ކާނާތަކަށް ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟
ބެރީސް

ބެރީސް ---
އެންޓިއޮކްސިޑެންޓެއް ކަމަށްވާވިޓަމިން ސީ، ބެރީސްގައި ގިނަ އަދަދަކަށް އެކުލެވެ އެވެ. ވިޓަމިންސީ އަކީ އިސްތަށިގަނޑާއި ހަމުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު މާއްދާ އެކެވެ.
އެހެންކަމުން ބެރީސް ކާށެވެ. ބެރީސް ކެއުމުން ހަށިގަނޑުގައި ކޮލޭޖެން އުފައްދާ މިންވަރު އިތުރުކޮށްދެ އެވެ. އަދި އިސްތަށިތަކުގެ ކުލަ ބަދަލުވާން މެދުވެރިވާ ސަބަބުތަކުން ދުރުކޮށްދޭނެ އެވެ.
ފެހި ކުލަ ގަދަ ކާނާ

ފަތްޕިލާވެލި ---
ފެހި ކުލަ ގަދަ ފަތްޕިލާ ވެއްޔާއި ތަރުކާރީ އަދި މޭވާގައިވެސް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވެއެވެ. އެގޮތުން އެފަދަ ކާނާގައި ހިމެނޭވިޓަމިން ބީއަކީ ބޮލުގެ ނާށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު މާއްދާއެކެވެ. ނާށިގަނޑު ދުޅަހެޔޮކަން އިތުރުވާނަމަ، އިސްތަށި ހުދުވުމުންނާއި އިސްތަށިތަކަށް ދިމާވާ އެހެނިހެން މައްސަލަތަކަށް ހައްލު ލިބޭނެ އެވެ.
ޗޮކުލެޓު

ޗޮކުލެޓު ---
މެލަނިން އުފެއްދުމަށް ބޭނުންވާ މާއްދާއެއް ކަމަށްވާކޮޕާޗޮކުލެޓުގައި އެކުލެވެ އެވެ. މެލަނިން އަކީ އިސްތަށިގަނޑުގެ ކަޅުކަން ދަމަހައްޓަން އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން ޗޮކުލެޓު ކެއުމުން، ހާއްސަކޮށް ފޮނި ރަހަ މަޑު ޗޮކުލެޓު ކެއުމުން އިސްތަށިގަނޑުގެ ކަޅު ކުލަ ގިނަ ދުވަހު ދަމަހައްޓައިދޭނެ އެވެ.
އާމަންޑު

އާމަންޑު ---
ޗޮކުލެޓެކޭ އެއްފަދައިން އާމަންޑުގައިވެސް ގިނަ އަދަދަކަށްކޮޕާއެކުލެވެ އެވެ. ކޮޕާ އަކީ މެލަނިން އުފެއްދުމަށް ވަރަށް މުހިއްމު މާއްދާއެކެވެ. ހަމައެއާއެކުވިޓަމިން އީވެސް އެކުލެވޭ އާމަންޑަކީ އިސްތަށިގަނޑާއި ހަމަށްވެސް ވަރަށް ބޭނުންތެރި މާއްދާތައް އެކުލެވޭ ކާނާ އެކެވެ.