އެފްއޭއެމް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އިސްކަންދަރު ސްކޫލާއި ދެކޮޅަށް އިމާދުއްދީން ސްކޫލް ކުޅެން ޖެހިއްޖެ އެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ޖުމްލަ 10 ޓީމް ބައިވެރިވެފައިވާ އިރު ސެމީފައިނަލަށް ގޮސްފައިވަނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ގުރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި އިސްކަންދަރު ސެމީއަށް ގޮސްފައިވާ އިރު ދެވަނަ އަށް ދިޔައީ އެންމެ ފަހުގެ ރަނަރަޕް އަހުމަދިއްޔާ އެވެ. އެ ގުރޫޕުން ކެޓީ ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.

ގުރޫޕް ދޭއްގައި ހިމެނޭ ޓީމް ތަކުގެ ތެރެއިން އެއް ވަނަ ޓީމުގެ ގޮތުގައި މަޖީދިއްޔާ ސްކޫލް ސެމީގެ ޖާގައެއް ހޯދިއިރު ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ އިމާދުއްދީން ސުކޫލެވެ. އެ ގުރޫޕުން ކެޓީ ހުޅުމާލޭ ރެހެންދި ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އިތުރުން ކަލާފާން ސްކޫލެވެ.

އެގޮތުން ދެވަނަ ސެމީގައި މަޖީދިއްޔާ ސްކޫލާ ދެކޮޅަށް ނިކުންނާނީ އެންމެ ފަހުގެ ރަނަރަޕް އަހުމަދިއްޔާ ސްކޫލެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 22ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ވެސް މާދަމާ ކުޅޭނެއެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ހެންވޭރު ބޯޅަ ދަނޑުގައެވެ.