19 Mar 2016, 15:29
ތަޖުރިބާ ދަތުރެއްގައި މައިކޮލެޖުގެ 51 ދަރިވަރަކު ސްރީލަންކާ އަށް ދިއުމަށް މިއަދު ފުރައިފި އެވެ.
މިޑް ޓާމް ޗުއްޓީ އާ ދިމާކޮށް މައި ކޮލެޖުން ކުރާ އެ ދަތުރުގައި ބައިވެރިވަނީ އެ ކޮލެޖުގެ ބިޒްނަސް ކިޔަވާ ދަރިވަރުންނާއި އެޑިއުކޭޝަން ދާއިރާގައި ކިޔަވާ ދަރިވަރުންނެވެ.

ތަޖުރިބާ ދަތުރެއްގައި މައިކޮލެޖުގެ 51 ދަރިވަރަކު ސްރީލަންކާއަށް ފުރުން --- ފޮޓޯ: މައި ކޮލެޖު
އެ ކޮލެޖުން ބުނީ، އެ ދަތުރުގައި ދަރިވަރުން ލަންކާގެ ކޮލަމްބޯގެ ދެ ކޮލެޖަކާއި ނޫ ރައްލިޔާގެ އެއް ކޮލެޖަށް ޒިޔާރާތްކޮށް ތަފާތު ތަޖުރިބާތައް ކުރާނެ ކަމަށެވެ. އަދި އެ ދަތުރުގައި ކޭންޑީ އަށް ވެސް ޒިޔާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައި ކޮލެޖުން ބުނެ އެވެ.
ހަތް ލެކްޗަރާ އިން ވެސް ބައިވެރިވާ އެ ދަތުރަކީ ހަތް ދުވަހުގެ މުއްދަތަކަށް ކުރާ ދަތުރެއް ކަމަށް މައި ކޮލެޖުން ބުނެ އެވެ.