މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްއިން ވެސް ވަރަށް ތަފާތު ހުށައެޅުންތަކެއް ފެނިގެން ދިޔަ އެވެ. "މޯލްޑިވިއަން" ތީމަކަށް ބަލައިގެން ރޭގެ ޝޯވްގައި ހުރިހާ ބައިވެރިން ވެސް ވަނީ ދިވެހި އަމިއްލަ ރާގުގެ ރީތި ލަވަތަކެއް ހުށައަޅައި ދީފަ އެވެ.

އެގޮތުން ގިނަ ކެރިއާއި ވާރޭގާ، ކުއްޅަވަށް ފަލު ރަނިން، ރޯނު އެދުރު ފަދަ ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެއް ރޭގެ ޝޯވްއިން ފެނިގެން ގޮސްފައިވެ އެވެ.

މުހައްމަދު ޒަލީފު އަބްދުﷲ ލަވައެއް ހުށައަޅައިދެނީ --- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

ރޭގެ ޝޯވްގައި ޖަޖުންގެ ފަރާތުން އެންމެ ޕޮޒިޓިވް ކޮމެންޓުތައް ލިބުނު ބައިވެރިންގެ ތެރޭގައި، މުހައްމަދު ޒަލީފު އަބްދުﷲ، އަބްދުﷲ ފާލިހު، ލައިޝާ ޖުނައިދު އަދި މުހައްމަދު މުއްޒިން މުއައްޒިން ނައީމް ފާހަގަކޮށްލެވެ އެވެ.

އަބްދުﷲ ސޯދިގު ލަވައެއް ހުށައަޅައިދެނީ --- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

ހަމައެއާ އެކު، އަބްދުﷲ ސޯދިގުގެ ފަރާތުން "އިމްޕްރޫވްމަންޓަ" ފެންނަމުންދާ ކަމަށް ވެސް ރޭގެ ޝޯވްގައި ޖަޖުން ފާހަގަ ކުރި އެވެ.

ބައިވެރިން ހުށައަޅައިދިން ލަވަތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، މިރޭ އޮންނަ ޝޯވްއިން ވެސް ކޮންމެވެސް އެއް ބައިވެރިއަކު ޝޯވް އާ ވަކިވާނެ އެވެ.