19 Mar 2016, 09:16
ދުވާލު ހަތަރު ދަމު ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް، ބައެއް މީހުންނަށް ނިދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ކުރާ މަސައްކަތާއި އަދާކުރާ ވަޒީފާ އަށް ދެވެންވާ ސަމާލުކަމެއް ނުދެވެ އެވެ. އަދި ކިޔަވާ ކުއްޖެއް ނަމަ ކިޔެވުމަށް ވެސް ސަމާލުކަން ނުދެވުމުގެ ސަބަބުން ނަތީޖާއަށް ވެސް ނޭދެވޭ އަސަރު ކުރެ އެވެ.

ކުރިއަރާފައިވާ ޒަމާނީ މި ދުނިޔޭގައި އެކަމަށް ވެސް ހައްލެއް ހޯދިދާނެ އެވެ. އެހެންނަމަވެސް މި ފަހަރު ބޭހަކުންނެއް ނޫނެވެ. ތިން މިނެޓުގެ ބުރަކަށީގެ މަސާޖަކުންނެވެ. އެހެންކަމުން ބުރަކަށި މަސާޖު ކުރާނެ ގޮތަށް ބަލާލާނަމެވެ.
ބަންޑުން އޮށޯންނާށެވެ. އެއަށް ފަހު އެހެން މީހެއްގެ އެހީތެރިކާމާ އެކު، ބުރަކަށީގެ ތިރިން މައްޗަށް ވާގޮތަށް (ކަރާ ހަމައަށް) ސާކިއުލާ މޯޝަން އަށް މަސާޖު ކުރާށެވެ. އަދި އެ މަސާޖު ތިން މިނެޓުވަންދެން މެދުކެނޑުމެއްނެތި ކުރާށެވެ. ޔަގީނުން ވެސް ފަސޭހައިން ނިދޭނެ އެވެ.
ހޮލިސްޓިކު ނާސިންގު ޖާނަލްގައި ޝާއިއު ކުރި ދިރާސާއެއްގައި ބުނާ ގޮތުން، ބުރަކަށީގެ މަސާޖެއް ނުކޮށް ނިދި މީހުންނަށް ވުރެ، ބުރަކަށީގެ މަސާޖު ކޮށްގެން ނިދި މީހުން ގިނަ އިރު ނިދަ އެވެ. ހަމައެއާ އެކު ދިރާސާއަކުން ދައްކާ ގޮތުގައި ތިން މިނެޓަކީ ހަށިގަނޑަށް ހަމަޖެހުން އިހުސާސް ކުރަން ވެސް ނަގާ ވަގުތެވެ.
އެހެންކަމުން ނިދަން އުނދަގޫވާ ފަރާތްތަކުން ތިން މިނެޓުގެ ބުރަކަށީގެ މަސާޖުގެ އަޖުމަ ބަލާލާށެވެ.
މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް