މުޖުތަމައަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ތުހުމަތުކޮށް ފޮޓޯ އާންމުކުރި ގދ. ފަރެސްމާތޮޑާ، ހައްސާން އަލީގެ މައްޗަށް ޝަރީޢަތުން ވަކި ގޮތެއް ނިމެންދެން ފުލުހުންގެ ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ކޯޓުން އެގޮތަށް އަމުރު ކުރީ އިއްޔެ އޮތް ޝަރީޢަތުގެ މަޖިލީހުގައި ފުލުހުން ބޭނުންވާ ތަނެއްގައި ޝަރީއަތް ނިމެންދެން ހައްސާން ހައްޔަރުކޮށްފައި ބަހައްޓަން ދައުލަތުން ބޭނުންވާ ކަމަށް އެދުމުންނެވެ.

ހައްސާނު ވަނީ މީގެ ކުރިން ވެސް 13 ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ތިން މައްސަލައެއް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.