19 Mar 2016, 01:04
ފުލުހުން ހިންގާ އޮޕަރޭޝަނަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިފައިން މާލެތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާނު މުހައްމަދު ސަން އަށް ވިދާޅުވީ ފުލުހުން ހިންގާ އޮޕަރޭޝަނަކަށް އެހީތެރިކަންފޯރުކޮށްދިނުމުގެ ގޮތުން މިރޭ ސިފައިން މާލެތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ މާލޭގެ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް މިރޭ ހިންގާފައިވާތީ ފުލުހުން މިހާރު ޚާއްސަ އޮޕަރޭޝަނެއް ހިންގާ ކަމަށެވެ.
އެ އޮޕަރޭޝަންގައި 13 މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށްފައެވެ.
ފުލުހުން މިރޭ ގ. މަސްއޮޑިގެއަށްވަދެ އެގޭގައި ތިބި ބަޔަކާ މެދު މަރާމާރީ ހިންގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.