ބޮލީވުޑްގެ މަޝްހޫރުތަރި ކުނާލް ކަޕޫރާއި އަންހެނުން ނައިނާ ބައްޗަން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޖުމައިރާވިޓަވެލިއަށް އައިއްސި އެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ އޭޝިއަން އޭޖުގައި ބުނެފައިވަނީ މިއަހަރު ނެރުމަށް މަސައްކަތް ކުރަމުންދާ ވީރަމް އަދި ގޯރީގެ ޝޫޓިންތަކުގެ މެދުތެރެއިން ކުނާލް ޗުއްޓީއެއް ނެގުމަށްފަހު އަންހެނުންނާއެކު ރާއްޖޭގައި ހޭދަކުރަމުންދާ ކަމަށެވެ.

ގުދުރަތީ ރީތި މަންޒަރުތަކަށް ލޯބިކުރާ އެ ދެމަފިރިންނަށް ރާއްޖެ ވަރަށް ކަމުދާނެ ކަމަށް އެ ނޫހުގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ޑީޕްސީ ޑައިިންފަދަ ހަރަކާތްތަކުގައި ކުނާލް އަދި ނައިނާވެސް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ބޮލީވުޑްގެ މަޝްހޫރުތަރި ކުނާލް ކަޕޫރު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް -- ފޮޓޯ -- އިންސްޓަގްރާމް

ކުނާލްގެ އިންސްޓަގްރާމް ޕޭޖުގައިވެސް ވަނީ ޖުމައިރާވިޓަވެލީގައި ނަގާފައިވާ ފޮތޯތަކެއް އާންމުކޮށްފަ އެވެ. އެގޮތުން މޫދުގައި ނަގާފައިވާ ފޮޓޯއެއްގައި މިއީ ދުނިޔެ މަތީގެ ސުވަރުގެއިން ބައެއް ކަމަށް ބުނެ ރާއްޖެއަށް ތައުރީފުކޮށްފައިވެ އެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން އާންމުންގެ ހިތްތައް އަތުލަމުން އަންނަ ކުނާލް ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 2006 ވަނަ އަހަރު އެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ބަޗްނާ އޭ ހަސީނާ، ރާހުލް ދޮލަކިއާ އަދި ލަވް ޝަވްތޭ ޗިކަން ކުރާނާ ހިމެނެ އެވެ.