ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ މާލެއިން ވިލިނގިއްޔަށް ދިޔަ ބޯޓަކުން ބެލި ނޫޑުލުސް ކޭސް ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ބުދަ ދުވަހުގެ ރޭ ފަތިހު 4:10 ހާއިރު ވިލިނގިލި ބަނދަރު ސަރަހައްދުން ކަމަށެވެ.

އެމީހާ ހައްޔަރުކޮށް އޭނާ ހިފައިގެން ދިޔަ ފޮށިގަނޑު ބަލައިފާސްކުރިއިރު އެފޮށިގަނޑުގެ ތެރެއިން ފެނުނު ކަޕް ނޫޑްލްސް ދެ ތައްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 9 ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.