ައަމީނިއްޔާ ސްކޫލުގައި ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާ 30 ދަރިވަރަކު ތަޖުރިބާ ދަތުރެއްގައި މިއަދު މެލޭޝިޔާއަށް ފުރައިފި އެވެ.

ސްކޫލް ބަންދާ ދިމާކޮށް އަމީނިއްޔާ ސްކޫލުން ކުރާ ދަތުރުގައި، މެލޭޝިޔާގެ މަޝްހޫރު ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެ އެވެ.

އެ ދަތުރުގައި ދަރިވަރުންނާ އެކު ފަސް ޓީޗަރުންނާއި ބެލެނިވެރިންވެސް ބައިވެރިވާނެ އެވެ.

އަމީނިއްޔާ ސްކޫލުން ކުރާ ދަތުރުގެ ޕާޓްނަރަކީ މެގަ މޯލްޑިވްސް އެވެ. މެގަ މޯލްޑިވްސް އާ އަމީނިއްޔާ ސްކޫލާ ދެމެދު މިދިޔަ ހަފުތާގައި ވެވުނު އެއްބަސްވުމުގެ ދަށުން ދަތުރުގެ ބައިވެރިންނަށް ހާއްސަ އަގުތަކެއް މެގަ މޯލްޑިވްސް އިން ވަނީ ހަމަޖައްސައި ދީފަ އެވެ.

މެގަ މޯލްޑިވްސް އިން ބުނީ އެ އެއާލައިންގެ ތައުލީމާ އިޖުތިމާއީ ޕްރޮގްރާމުގެ ދަށުން އަމީނިއްޔާ ސްކޫލުގެ ދަތުރުގައި ހިއްސާވެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ދަތުރަށް ފަހު ދަތުރުގެ ބައިވެރިން އެނބުރި މާލެ އަންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.