17 Mar 2016, 19:55
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ) އަށް ތައްޔާރުކޮށްދޭ "ހިއުމަން ރައިޓްސް އެޑިއުކޭޝަން" މޮޑިއުލް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ކޮމިޝަނުން ތައްޔާރުކުރާ ހިއުމަން ރައިޓްސް އެޑިއުކޭޝަން މޮޑިއުލްގެ ބޭނުމަކީ އިންސާނީ ހައްގުގެ ތައުލީމު ރާއްޖޭގައި ފުޅާކުރުމެވެ.
މިއަދު ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވާސިޓީގެ ލައިބްރަރީއަށް އެޗްއާރުސީއެމްގެ ފަރާތުން ފޮތް ހަވާލު ކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފަ އެވެ.
ކޮމިޝަނުން ޔުނިވަރސިޓީގެ ލައިބްރަރީއަށް ފޮތް ހަވާލު ކޮށްފައިވަނީ އިންސާނީ ހައްގުތަކާއި ގުޅޭފޮތްތަށް ވީހާވެސް ގިނަބަޔަކު ބޭނުން ކުރުމުގެ ބޭނުމުގަ އެވެ.
އެޗްއާރްސީއެމް އަދި ގައުމީ ޔުނިވާސިޓީއާ ދެމެދު މިއަދު ވެވުނު ދެ އެއްބަސްވުމުގައި ކޮމިޝަންގެ ފަރާތުން ސޮއިކޮށްފައި ވަނީ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އެވެ. ހިއުމަން ރައިޓްސް އެޑިއުކޭޝަން މޮޑިއުލް ހެދުމުގެ އެއްބަސް ވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކޮށްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ޝާމިލާ އަބްދުﷲ އެވެ. އަދި ލައިބްރަރީ އަށް ފޮތް ހަވާލު ކުރުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ ޗީފް ލައިބްރޭރިއަން ހުސެއިން ހަލީމް އެވެ.