ހދ. ކުޅުދުއްފުށީ މަސް ދޯންޏަކުން 12 ކިލޯގެ "މާވަހަރެއް" ކަމަށް ބެލެވޭ އެެއްޗެއް ހޮވައިފި އެވެ.

މާވަހަރު ހޮވި "މޫސުމް 3" ދޯނީގެ ވެރިޔާ އިބްރާހިމް ރިޒާ މިއަދު ސަން އަށް ބުނީ، މިއަދު މެންދުރު 2:30 ކަން ހާއިރު އެން ދަމައިގެން ކުޅުދުއްފުއްޓަށް ދިޔަ މަގުމަތީގައި މާވަހަރެއް ކަމަށް ބެލެވޭ ހުދު ކުލައިގެ އެއްޗެއް ފެނިފައިވާ ކަމަށެވެ.

"މާވަހަރު ފެނުނީ ކުޅުދުއްފުއްޓަށް ދިޔަ މަގުމަތީގައި ކުޅުދުއްފުށްޓާ ކުމުންދުއާ ދޭތެރޭއިން،" ރިޒާ ބުންޏެވެ.

އޭނާ ބުނީ، މާވަހަރު ގެއަށް ގެންގޮސްފައިވާ ކަމަށާއި މިހާރު އެއީ މާވަހަރެއްތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ހޯދާފަ އެވެ. އެހެންނަމަވެސް ތަހުލީލުތަކުން އެއީ ތެޔޮގަނޑެއްކަން މިހާރު ވަނީ ޔަގީން ވެފައެވެ.