ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލަށް ޓީމްތައް ދަތުރުކޮށްފައިވާ އިރު ކުއާޓާގައި ކޮންމެ ޓީމަކާ ކުރިމަތިލާން ޖެހުނަސް ފަރުވާލެއް ނެތް ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.

ސެމީ ފައިނަލްގެ ފަހުދެ މެޗު ރޭ ކުޅުވުނު އިރު ބަޔާން މިއުނިކް ވަނީ 4-2ގެ ނަތީޖާ އަކުން ޔުއެންޓަސް ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފަ އެވެ. އަދި އާސެނަލްގެ މައްޗަށް 1-3ގެ ނަތީޖާ އަކުން ކުރި ހޯދައި ބާސާ ވެސް ވަނީ ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ.

ރޭގެ އެ މޮޅާއެކު ބާސެލޯނާ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރު ކުރީ ގަދަ 16ގެ ދެލެގުގެ މެޗު ވެސް ކާމިޔާބުކޮށް 1-5ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ޖެހިޖެހިގެން ދަތުރު ކުރި ނުވަ ވަނަ ފަހަރެވެ.

އެ ދެ ޓީމްގެ އިތުރުން ކުއާޓާއަށް ގޮސްފައި ވަނީ ވޫލްސްބާގް އާއި ރެއާލް މެޑްރިޑް އާއި ބެނެފީކާ އާއި ޕީއެސްޖީގެ އިތުރުން މެންޗަސްޓާ ސިޓީއާއި އެތުލެޓިކޯ މެޑްރިޑެވެ.

"އަހަރެން އެންމެ ޖެހިލުންވާ ޓީމަކީ ބާސާ. މި ޓީމްގައި އެބަ ތިބި ތަފާތު ކުޅުންތެރިންތަކެއް. އަހަރެން ފަޚުރުވެރިވޭ މި ޓީމްގެ ފޯވާޑް ލައިނަށް. ނަމަވެސް ބާސާގެ ހުރިހާ ކާމިޔާބީއެއްގެ ފަހުތުގައި ވަނީ މުޅު ޓީމްގެ ބުރަ މަސަތްކަތް،" އެންރިކޭ ބުންޏެވެ.

މި ސީޒަނުގައި ކުޅުނު 38 މެޗުން ބަލިނުވެ ރެކޯޑް ގާއިމް ކޮށްފައިވާ ބާސާގެ ކޯޗު އެންރިކޭ ބުނީ ޔޫރަޕްގެ އެންމެ ސަރަފުވެރު މުބާރާތުގެ ފައިނަލަށް ދާނީ އެންމެ މޮޅު ދެ ޓީމް ކަމަށާއި ކުއާޓާ ފައިނަލްގައި ކޮންމެ ޓީމަކާއި ކުރިމަތިލާން ޖެހުނަސް އެކަމަށް ފުރުހަމައަށް ތައްޔާރު ވާނެ ކަމަށެވެ.

"އަހަރެން އެއްވެސް ވަރަކަށް ނުވިސްނަން ރިކޯޑް ތަކެއް ގާއިމް ކުރާކަށް. ހުރިހާ ވެސް ވިސްނުމެއް ހުރީ ކުރިމަތިލާ ކޮންމެ މެޗެއް ވެސް ކާމިޔާބް ކޮށް ބާސާއަށް ގިނަ ޓްރޮފީ ތަކެއް ހޯދައިދިނުން،" އެންރިކޭ ބުންޏެވެ.

ކުއާޓާ ފައިނަލްގެ ގުރުލުން މާދަމާ ރޭ ބާއްވުމަށް ވަނީ ހަމަޖެހިފަ އެވެ.