17 Mar 2016, 08:42
ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިއަކަށް ވުމަށް ސިއްހަތަށް ފައިދަ ހުރި ކާނާ ކެއުން މުހިއްމެވެ. އަދި ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ގަވާއިދުން އެފަދަ ކާނާ ހިމެނުން ވެސް ވަރަށް މުހިއްމެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތެއްގެ ވެރިއަކަށް ވުމަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަން ޖެހޭ ބައެއް ކާނާތަކަށް ބަލާލާނަމެވެ.
ބަށި

ބަށި ---
ބައްޓަކީ އާއްމު ގޮތެއްގައި ހުރިހާ ރަށެއްގައިވެސް ހައްދައި އުޅޭ އެއްޗެކެވެ. ހަމައެއާއެކު އެއީ ފަސޭހަ ކަމާއެކު ބާޒާރުން ލިބެން ވެސް ހުންނަ އެއްޗެކެވެ. ބަށިން ލިބޭ ފައިދާ ތަކަށް ބަލާއިރު، އެއީ ސްޓްރޯކު ޖެހުމުން ދުރުކޮށްދޭ ޕޮޓޭޝިއަމް އާއި ސިކުނޑީގެ ސެލްތަކަށް ބޭނުންވާ އެންޓިއޮކްސިޑެންޓުވެސް އެކުލެވޭ އެއްޗެކެވެ.
ހަމައެހެންމެ، ބަނޑުގައިވާ ދަރިފުޅަށް ވަރަށް މުހިއްމު މާއްދާއެއް ކަމަށްވާ "ފޮލޭޓު" ވެސް ބަށީގައި ގިނަ އަދަދަކަށް އެކުލެވެ އެވެ. އެހެންކަމުން، ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ބަށި ހިމެނުން މުހިއްމެވެ.
ބީޓު ރޫޓު

ބީޓު ރޫޓް ---
ބީޓު ރޫޓޫގައިވެސް ގިނަ އަދަދަކަށް "ފޮލޭޓު" އެކުލެވެ އެވެ. ހަމައެއާއެކު ވިޓަމިން ސީ އާއި މެގްނީސިއަމް، އަޔަން، އަދި ފޮސްފަރަސްވެސް ބީޓުގައި ގިނަ އަދަދަކަށް އެކުލެވެ އެވެ.
އެސްޕެރެގަސް

އެސްޕެރަގަސް ---
އެސްޕެރެގަސް އަކީވެސް ހަށިގަނޑަށް ވަރަށް ފައިދާ ހުރި މާއްދާތަކެއް އެކުލެވޭ ފަތްޕިލާ ވެލީގެ ބާވަތެ ކެވެ. އެގޮތުން އޭގައި ސްޓްރެސް ކުޑަކޮށްދޭ އެންޓިއޮކްސިޑެންޓު ގިނަ އަދަދަކަށް އެކުލެވެ އެވެ. ހަމައެއާއެކު ފައިބާ، ފޮލޭޓު ޕޮޓޭސިއަމް ފަދަ އެތައް މުހިއްމު މާއްދާތަކެއްވެސް އެސްޕެރަގަސް ގައި އެކުލެވެ އެވެ.
ކެރެޓު

ކެރެޓު ---
ކެރެޓަކީ އާއްމުކޮށް ކެއްކުމުގައި ބޭނުން ކުރާ ތަރުކާރީ އެކެވެ. ރީތި ކުލައެއް ހުންނަ މީރު ރަހައެއްދޭ ކެރެޓަކީ ލޮލަށްވެސް ހުރި ފަރުވާ އެކެވެ. ހަމައެއާއެކި، ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ކެރެޓަކީ ދުޅަހެޔޮ އިސްތަށިގަނޑަށާއި ހަންގަނޑަށްވެސް ވަރަށް މުހިއްމު ތަރުކާރީ އެކެވެ.