ހޮންކޮންގެ އާކޮށްފިއެވެ.

ކާމިޔާބްކޮށް މާޒިޔާއިން 4 ޕޮއިންޓާއި އެކު ގުރޫޕް ޖީގެ ތިން ވަނާގައި އޮތް އިރު ސައުތު ޗައިނާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ. ގްރޫޕްގެ ދެވަނައިގައި މާޒިޔާއަށްވުރެ އެއް މެޗު މަދުންކުޅެ ހަތަރު ޕޮއިންޓާއެކީ ޔަންގޮން ޔުނައިޓެޑް އޮތްއިރު، ގްރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ އިންޑިއާގެ މޯހަން ބަގާންއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފެށިގެން މާޒިޔާ އިން ރަނގަޅަށް ކުޅުނު ނަމަވެސް މާޒިޔާ އަށް ވަނީ ފުރަތަމަ ހާފްގައި ސައުތު ޗައިނާގެ ގޯލަށް އަމާޒްކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

މާޒިޔާއިން ގޯލެއް ކާމިޔާބް ނުކުރެވުމުގެ ނަތީޖާއަކަށްވީ ސައުތު ޗައިނާ މެޗްގެ ލީޑް ނެގުމެވެ. އެގޮތުން ސައުތު ޗައިނާ އަށް ލިބުނު ކޯނަރެއް ޗިޖެކް ސުން ބޮލުން ފޮނުވާލިއިރު އެ ބޯޅަ ދިފާއު ކުރަން މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) މަސައްކަތް ކުރިނަމަވެސް އެ ބޯޅަ އޭނާގައި ފައިގައި ޖެހިފައި ވަނީ ގޯލްތެރެއަށެވެ.

އެ ގޯލަށް ފަހު ވެސް މާޒިޔާއިން ރަނގަޅަށް ކުޅެ ހަމަލާއެއް އުފެއްދޭތޯ ބެލިނަމަވެސް ފުރަތަމަ ހާފް ނިމުނީ ސައުތު ޗައިނާ އިން ކުރީގައި އޮވެއެވެ.

ދެވަނަ ހާފް ފެށިގެން ކުރީކޮޅުގައި މާޒިޔާއިން ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. 50 ވަނަ މިނެޓްގައި އާއްކޮ ސައުތު ޗައިނާ ގޯލު އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އަހުމަދު ރަޝީދު (އަންމަޑޭ) އޯވަހެޑަކުން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

އަންމަޑޭގެ އެ ގޯލަށް ފަހު އޭގެ ހަތް މިނެޓް ފަހުން މާޒިޔާ އިން ވަނީ ދެވަނަ ގޯލެއް ކާމިޔާބް ކޮށް މެޗުގެ ލީޑް ނަގާފައެވެ. އެ ގޯލަކީ ސައުތު ޗައިނާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އާއްކޮ ނަގައިދިން ހުރަސް އަހުމަދު ނާޝިދު (ނާއްޓޭ) ޖަހަން އެރި ނަމަވެސް އޭނާއަށް އެ ބޯޅަ ލިބޭގޮތެއް ނުވިއެވެ. އަދި ނާއްޓޭ ބޯމަތިން ދިޔަ ބޯޅަ ދިފާއު ކުރަން ސައުތު ޗައިނާގެ ކުޅުންތެރިއަކު ކުރި މަސައްކަތުގައި އެ ބޯޅަ ވަނީ އޭނާގެ ފައިގައި ޖެހިފައި ގޯލުގެ ތެރެއަށެވެ.

އެ ގޯލަށްފަހު ވެސް މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގޯލް ޖަހާނެ ފުރުސަތު ތަނަވަސް ކޮށް ސައުތު ޗައިނާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

އެ މުބާރާތުގައި މާޒިޔާއަށް ދެން ވެސް އޮތީ ސައުތު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކުޅޭނީ އަންނަ މަހުގެ 13 ވަނަ ދުވަހު ހޮންގްކޮންގައެވެ.