16 Mar 2016, 15:48
އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ(އައިސީޕީ) އިން ހިދުމަތް ހޯދާ ކެއާސޮސައިޓީގެ މެމްބަރުންނަށް ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.
އައިސީޕީގައި މިއަދު ބޭއްވި ހަފްލާއެއްގައި ކެއާސޮސައިޓީއަށް 20 ޕަސެންޓް ޑިސްކައުންޓް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އައިސީޕީގެ ވެރިޔާ އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއެވެ. ކެއާސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރު ނައުޝާން މުހައްމަދެވެ.
އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އެގޮތުން ތަފާތު ނަފްސާނީ މައްސަލަ ތަކަށް އައިސީޕީން ތެރަޕީތައްދެއެވެ.
އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.