Last Updated: 10 year 8 month ago
Last Updated:
10 year 8 month ago
އޭއެފްސީކަޕް: މާޒިޔާ 2-1 ސައުތު ޗައިނާ
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ހޮންކޮންގެ ސައުތު ޗައިނާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ގްރޫޕް "ޖީ"ގެ މިދެޓީމު ވާދަކުރާ އިރު:
- މި މުބާރާތުގައި މާޒިޔާ ކުޅުނު ދެމެޗުގެ ތެރޭން އެއްމެޗުން ބަލިވެ އަނެއް މަެޗުން ވަނީ އެއްވަރު ވެފައި.
- މާޒިޔާ ބަލިވީ އިންޑިއާގެ މޯހަން ބަގާން އަތުން 5-2 އިން.
- މާޒިޔާ އެއްވަރުވީ މިޔަންމާގެ ޔަންގޮން އާ ވާދަކޮށް 1-1 އިން.
- މި މުބާރާތުގައި ސައުތު ޗައިނާ ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައި.
- އެޓީމު ފުރަތަމަ ކުޅުނު މެޗުގައި ޔަންގޮންއާ ވާދަކޮށް ބަލިވީ 2-1 އިން.
- ސައުތު ޗައިނާ ކުޅުނު ދެވަނަ މެޗުން މޯހަން ބަގާން އަތުން ބަލިވީ 4-0 އިން.
18:09
މި މުބާރާތުގައި މާޒިޔާ ދެން ކުޅޭ މެޗުގައި ވެސް ބައްދަލުކުރާނީ ސައުތު ޗައިނާއާ ދެކޮޅަށް. އެހެން ނަމަވެސް އެ މެޗު ކުޅޭނީ ހޮންގޮންގެ މޮންކޮކް ސްޓޭޑިއަމްގައި.
އޭއެފްސީ ކަޕް ގްރޫޕް ޖީ
- މޯހަން ބަގާން - 2 މެޗް - 6 ޕޮއިންޓް.
- ޔަންގޮން ޔުނައިޓެޑް - 2 މެޗް - 4 ޕޮއިންޓް.
- މާޒިޔާ ސްޕޯޓްސް- 3 މެޗު - 4 ޕޮއިންޓް.
- ސައުތު ޗައިނާ - 3 މެޗު - 0 ޕޮއިންޓް
މި ނަތީޖާއާއެކު މާޒިޔާއަށް މިވަނީ، ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާވެފައި.
މެޗު ނިމިއްޖެ. މާޒިޔާ 2، ސައުތު ޗައިނާ 1.
މެޗުގެ 90 މިނިޓް ހަމަވެއްޖެ. މިހާރު ކުރިއަށް ދަނީ އިތުރުވަގުތުގެ ކުޅުން.
އަސައްކޮ ސައުތު ޗައިނާގެ ޕެނަލްޓީ އޭރިޔާ ތެރޭން ބޮކުރީއަށް ޖައްސާލި ބޯޅަ ބޮކުރީ ދޫކޮށްލީ އީސައަށް. އީސަ ފޮނުވާލި ބާރު ޝޮޓް ކީޕަރު އަތުގައި ޖެހިފައި ބޭރަށް. މާޒިޔާއިން ފަހުހާފުގައި ރަނގަޅު ހަމަލާތަކެއް އުފައްދަމުން މިދަނީ.
މެޗުގައި 85 މިނިޓް ކުޅެވިއްޖެ. މާޒިޔާ މިވަނީ ފަހަތުން އަރައި 2 ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައި.
މާޒިޔާއިން ބަދަލެއް:އާއްކޮގެ ބަދަލުގައި ކުޅެން އެރީ އަސަދުﷲ އަބްދުﷲ (އަސައްކޮ)
ބޮކުރީ ސައުތު ޗައިނާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރު އަތަށް.
މާޒިޔާއަށް ކޯނަރެއް. ނިމިދިޔަ ދެތިން މިނިޓް ތެރޭގައި މާޒިޔާގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައީ. ހުރިހާ ކުޅުންތެރީން ކުރިއަށް ޖެހިގެން ބޯޅަ ކޮންޓްރޯލްކޮށްގެން އިތުރު ލަނޑެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރަމުން ދަނީ.
މާޒިޔާގެ އަސްހަދު އަލީއަށް ރީނދޫ ކާޑެއް.
މާޒިޔާގެ ދެވަނަ ލަނޑު:އާއްކޮ ވަރަށް ރީތިކޮށް ސައުތު ޗައިނާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގޯލްތެރެއަށް ވަނީ.
ސައުތު ޗައިނާގެ ދެވަނަ ބަދަލު:މިޑްފީލްޑަރު ލިއާން ޒިޗެންގެ ބަދަލުގައި ކުޅެން އެރީ ލޯ ހުއި ޗުން.
މާޒިޔާއިން އަނެއްކާވެސް ބަދަލެއް.އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިންއަހްމަދު ރަޝީދުގެބަދަލުގައި ކުޅެން ނުކުތީ ހުސައިން ނިޔާޒް (ބޮކުރީ)
ސައުތު ޗައިނާގެ ޗޫ ސިއު މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮލި ބޯޅަ ގްރިފިތު އޯވަހެޑެއް ޖަހައި ގޯލަށް ފޮނުވާލަން މަސައްކަތް ކުރި. އެހެން ނަމަވެސް އޭނަގެ ފަޔަށް ބޯޅަ ރަނގަޅަކަށް ނޭރި.
މާޒިޔާއިން ވެސް ބަދަލެއް.ކެޕްޓަން އަމްދާންގެ ބަދަލުގައި ކުޅެން އެރީ ސަމޫހް އަލީ.
ސައުތު ޗައިނާއިން ބަދަލެއް.ފޯވާޑް ލަމް ކޯ ހެއި ގެ ބަދަލުގައި ކުޅެން ނުކުތީ މިޑްފީލްޑަރު ޗޫ ސިއު ކެއި.
"52 - މާޒިޔާ ލަނޑު ޖަހައިފި.ލަނޑު ޖަހައިދިނީ އަހްމަދު ރަޝީދު.
މާޒިޔާގެ ގާސިމް ސަމާމަށް އަނިޔާވެގެން އޭނާއަށް ފަރުވާ ދިނުމަށްޓަކައި ދަނޑުން ބޭރުކޮށްފި.
ދެވަނަ ހާފް ފަށައިފި.
ފުރަތަމަ ހާފް ނިމިއްޖެ.މާޒިޔާ 0، ސައުތު ޗައިނާ 1.
ފުރަތަމަ ހާފުގެ 45 މިިނިޓް ހަމަވެއްޖެ.އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.
މާޒިޔާގެ ހިލޭ ޖެހުން ކުރިއަށް ފޮނުވާލީ އިސްމާއީލް އީސަ. އީސަ ވަރަށް ރީތިކޮށް ގޯލްގެ ވާތްފަރާތު ކަނަށް ފޮނުވާލި ބޯޅަ ކީޕަރު ސަންގ މަން ފައި އަތުން ޖަހައި ބޯޅަ ކޯނަރަކަށް ބޭރުކޮށްލީ.
ނާއްޓެއަށް ފައުލުކުރި ބޯޔަންއަށް އަނިޔާވެގެން އޭނާ ދަނޑުން ބާލައިފި.
ނާޝިދު ބޯޅަ ހިފައިގެން ސައުތު ޗައިނާ އޭރިޔާ ތެރެއަށް ވަންނަން ދަނިކޮށް އެޓީމުގެ ކެޕްޓަން މަލިސިޗް ބޯޔާން މިވަނީ ނާއްޓެއަށް ފައުލުކޮށްފައި. ބޯޔަންއަށް ރީނދޫ ކާޑެއް. މާޒިޔާއަށް ހިލޭ ޖެހުމެއް.
"36 - ސައުތު ޗައިނާ ލަނޑު ޖަހައިފި.އެޓީމަށް ލިބުނު ކޯނަރަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ަޗެން ސިއު ބޮލުން ޖަހައި ގޯލަށް ފޮނުވާލީ. އަދި ބޯޅަގޮސް އާއްކޮގެ ފައިގައި ޖެހިފައި ގޯލްތެރެއަށް ވަނީ.
މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ސައުތު ޗައިނާއަށް ހިލޭ ޖެހުމެއް. ލިއާން ޒީޗެން ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް އަމާޒު ނުވެ ބޭރަށް.
މެޗުގެ ނަތީޖާ ބަދަލުކޮށްލަން މާޒިޔާއަށް ރަނުގެ ފުރުސަތެއް ގެއްލުނީ:އީސަ ވަރަށް ރީތިކޮށް ސައުތު ޗައިނާ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅައަށް އެރީ ނާއްޓެ. އެހެން ނަމަވެސް ބޭނުން ގޮތަކަށް ފޮނުވާލަން ލިބުނު އެ ބޯޅަ ނާއްޓެއަށް ރަނގަޅަށް ގޯލަށް ފޮނުވައެއް ނުލެވުނު. މިއީ މި މެޗުގައި އަދި މިހާތަނަށް ލަނޑެއް ޖަހަން ތަނަވަސްވި އެންމެ ރީތި ފުރުސަތު.
މެޗުގެ 27 މިނިޓް ކުޅެވިއްޖެ. އަދި އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތެއް ނުވޭ.
މެޗުގެ ކުރިން ދެޓީމުގެ ކޯޗުންވެސް ވަނީ މިއަދުގެ މެޗުން މޮޅުވުމުގެ މުހިންމު ކަމާބެހޭގޮތުން ވާހަކަ ދައްކާފައި. އެގޮތުން މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފައި ވަނީ، އެޓީމު މި މުބާރާތުގައި އިތުރަށް ކުރިއަށް ދާން ބޭނުންނަމަ މިއަދުގެ މެޗުން މޮޅުވުން މަޖުބޫރުކަމަށް.
ސައުތު ޗައިނާއަށް ކޯނަރެއް. އެޓީމުގެ ފޯވާޑް ރަޔާން ގްރިފިތްސް ބޯޅަ ހިފައިގެން މާޒިޔާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމުން މާޒިޔާގެ ޑިފެންޑަރު އެބޯޅަ ކޯނަރަކަށް ބޭރުކޮށްލީ.
ސައުތު ޗައިނާ ޕެނަލްޓީ އޭރިޔާގެ ބޭރުން މާޒިޔާއަށް ހިލޭ ޖެހުމެއް. އީސަ ހުރަސްކޮށްލި ބޯޅަ ސައުތު ޗައިނާ ކުޅުންތެރީން ދިފާއުކުރީ.
ސައުތު ޗައިނާގެ ކުޅުންތެރިއަކު މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބާރު ބޯޅަ ކީޕަރު އިމްރާން އަތުން ޖަހައި އޭރިޔާއިން ބޭރަށް ފޮނުވާލީ.
މާޒިޔާގެ ފުރަތަމަ 11:
- އަމްދާން އަލީ (ކ)
- ޒިވްކޯ ޓޮޑޮރޯވް
- އަހްމަދު އިމާޒް
- އިސްމާއީލް އީސާ
- އަހްމަދު ނާޝިދު
- އަސްހަދު އަލީ
- ސަމްދޫހު މުހައްމަދު
- އަހްމަދު ރަޝީދު
- މޫސާ ޔާމީން
- އިމްރާން މުހައްމަދު (ގކ)
- ގާސިމް ސަމާމް
ސައުތު ޗައިނާގެ ކެޕްޓަން ބޯޔަން ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތީން ބޭރަށް.
ސައުތު ޗައިނާ ކުޅުންތެރިއަކު މާޒިޔާ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަންނަން ދަނިކޮށް އަޑުބަރޭ މިވަނީ އެ ކުޅުންޔެރިޔާއަށް ފައުލް ކޮށްފައި. ސައުތު ޗައިނާއަށް ހިލޭ ޖެހުމެއް.
މެޗު ފަށައިފި.
މެޗު ފަށަނީ ސައުތު ޗައިނާއިން.
މެޗު ފެށުމަށްޓަކައި މިހާރު ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.