އަށް ވަނަ އިންޓަރނޭޝަނަލް ޔޫތް ލީޑާޝިޕް ކޮންފެރެންސްގައި ބައިވެރިވުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައެންސްގެ ފަރާތުން އެ ޕާޓީގެ ޔޫތް ކައުންސިލްގެ ރައީސް އަޙްމަދު ރީޙާނާއި ޔޫތް ކައުންސިލް މެންބަރު އިސްމާއިލް ރިފާއު ޔްނައިޓެޑް އަރަބް އެމިރޭޓްސް( ޔޫއޭއީ) ގެ ވެރިރަށް ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

މާރޗް 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ބާއްވާ އަށް ވަނަ އިންޓަރނޭޝަނަލް ޔޫތް ލީޑަރޝިޕް ކޮންފެރެންސަކީ ޔޫއޭއީއާއި އާއި ޖީ.ސީ.ސީ ސަރަހައްދުގެ ގައުމުތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރިމަތިލާ ޒުވާން ލީޑަރުންތަކުގެ ތެރެއިން ހޮވާލެވޭ ޒުވާން ލީޑަރުން ބައިވެރިވާ ފޯރަމެކެވެ. އެ ކޮންފަރެންސްގައި ބަހުސްކޮށް، ޚިޔާލު ފާޅުކުރާނީ ދުނިޔޭގެ ސިޔާސީ މަޝްރަހާއި ބައިނަލް އަގުވާމީ ގުޅުންތަކާއި އަދުލު އިންސާފާ ބެހޭ ގޮތުންނެވެ.

އަރަބި ދުނިޔެއާއި އިސްލާމްދީނާއި މެދު އިރުމަތީގެ ސަގާފަތާއި ބެހޭގޮތުން އެތަކެއް ކަންތައްތަކެއް ދަސްވާނެ ކަމަށް އެމްޑީއޭއިން ބުންޏެވެ. ފޯރަމްގެ ބައިވެރިން އަލް -ފަހީދީ މިސްކުތަށާއި ޔޫއޭއީގެ ޔުނިވާސިޓީތަކާއި ސިޓީތަކަށް ޒިޔާރަތްކުރާނެއެވެ. އަދި ޝަރީއާ ލޯ ކޯޓްއެއްގެ ސިމިއުލޭޝަންއެއް މި ފޯރަމްގައި ދައްކާލާނެއެވެ.

އެމް.ޑީ.އޭގެ ފަރާތުން މިފަދަ ފުރުސަތެއް ފަހިކޮށްދެއްވިކަމަށްޓަކައި އެމް.ޑީ.އޭގެ ޔޫތްކައުންސިލްގެ ދެބައިވެރިން ވަނީ އެމް.ޑީ.އޭގެ ލީޑަރު އަޙްމަދު ސިޔާމް އަށް ވަރަށްބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.

އެމް.ޑީ.އޭ ޔޫތް ކައުންސިލްގެ ރައީސް ރީ ހާން ވިދާޅުވީ އެޕާޓީގެ ލީޑަރު އަޙްމަދު ސިޔާމް އަކީ ޒުވާނުން ކުރިއެރުވުމަށް އަދި މުސްތަގުބަލު އުޖާލާކޮށް ގައުމަށް ހިދުމަތްތެރި ޒުވާނުންތަކެއް އުފެއްދެވުމަށް ވަރަށް އިހުލާސްތެރި ކަމާއިއެކު ބުރަ މަސައްކަތްޕުޅުތަކެއް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ޒުވާން އޯގާތެރި ލީޑަރެއް ކަމަށެ ވެ. އެޕާޓީގެ ޑެޕިއުޓީ ލީޑަރ އާއިޝަތު ރަފިއްޔާއާއި ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ޒުވާނުންގެ ކަންކަމުގައި ބަހައްޓަވާ ގާތްކަމާއި އަހައްމިއްޔަތު ފާހަކުރައްވައި، ރީހާން އެބޭފުޅުންނަށް ވެސް ޝުކުރު ދެންނެވިއެވެ.

އެމް.ޑީ.އޭގެ ޔޫތް ކައުންސިލް މެންބަރ ރިފާއުވެސް އެމް.ޑީ.އޭގެ ލީޑަރޝިޕްއަށް ޝުކުރުއަދާކޮށް ވިދާޅުވީ މި ފޯރަމް އިން ދަސްވާ އިތުރުކަންކަމާއި ލިބޭ ތަޖުރިބާއާ އެކު ރާއްޖޭގެ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދީ ޒުވާނުން އެންޕަވަރ ކުރުމަށް އެމް.ޑީ.އޭ ޔޫތް ކައުންސިލްގެ ފަރާތުން މި އަހަރު ތެރޭ ވަރަށް ގިނަ ކަންކަން ކުރުމަށް ރޭވިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ޔޫތް ކައުންސިލްގެ ކަލަންޑަރ އިއުލާން ކުރާނެކަމަށްވަނީ ވިދާޅުވެފައެވ