އާސެނަލްގެ ދުވަސްވީ ކޯޗު އާސެން ވެންގާ އެ ކުލަބު މިއަދު އޮތް ހިސާބަށް ގެނަސްދިނީ އެއްވެސް މީހެއްގެ އެހީތެރިކަމެއް އަދި ފައިސާގެ އެހީތަކަކާއި ވެސް ނުލާ ކަމަށް ބުނެފި އެވެ.

"އަހަރެން މި ކުލަބު ބިނާ ކޮށްފައި މިވަނި އެކަށިގެންވާ ރަނގަޅު ވަސީލަތްތަކެއް ނެތި އަހަރެންގެ އަމިއްލަ ބުރުމަސަތްކަތުން. އެކަން ވަރަށް ރަނގަޅަށް އެގިގެން ދާނެ އަހަރެން ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޓީމަށް އައިސްފައިވާ ކުރިއެރުން ތަކަށް ބަލާލި ނަމަވެސް،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ އެންމެ ފުރަތަމަ އޭނާ އާސެނަލްއާ ހަވާލުވި ދުވަހު އަށް ވުރުން މިއަދު އޭނާ އެ ކުލަބުގައި އަދާކުރަން ޖެހޭ މައްސޫލިއްޔަތު ބޮޑުވެފައި ޕްރެޝާ ވެސް ބޮޑު ކަމަށެވެ.

އާސެނަލްގެ ތާރީހުގައި އެ ޓީމަށް މިހާތަނަށް އަދި ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިފައިނުވާ އިރު އެ ޓީމް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ނިކުންނައިރު އާސެނަލް ވަނީ ފުރަތަމަ ލެގްގެ މެޗު 2-0ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.

"އަހަރެން ބޭނުމެއް ނުވޭ އެއްވެސް ކަލްކިއުލޭޝަނެއް. އަހެރެމްންނަށް އިނގޭ އަހަރެމެން ޖެހޭނީ އެޓޭކް ކޮށް މޮޅުވާން ކަން. އެކަމަށް ކުޅުންތެރިން ތިބީ އެކަތިގަޑަކަށްވެ ވަަރަށް ބޮޑަށް ތައްޔާރުވެފައި،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ މާބޮޑު ޔަގީން ކަމައް ނެތް ނަމަވެސް ޕްރިމިއާ ލީގް ކާމިޔާބު ކުރުމުގެ އުންމީދު އަދި ވެސް އެބައޮތް ކަމަށާއި އެކަން ވެސް ކުރެވެން އޮތީ ވަރަށް ބޮޑުތި އުނދަގޫތަކަކަށް ފަހު ކަމަށެވެ.

ވެންގާގެ ޓާގެޓް ޗެމްޕިއަންސް ލީގަށް ވުރެން ޕްރިމިއާ ލީގަށް ހުރިއިރު އެ ޓީމް މިވަގުތު ލީގްގެ ތިންވަނާގައި އޮތީ އެއްވަނާގައި އޮތް ލެސްޓާ ސިޓާއަށް ވުރެން އެއް މެޗު މަދުން ކުޅެ 11 ޕޮއިންޓްގެ ތަފާތަކުންނެވެ.

ވެންގާ އޭނާގެ މަގާމު ދިފާއުކޮށް ވާހަކަ ދެއްކި ނަމަވެސް އާސެނަލްގެ ކޯޗުކަމާއި ވެންގާ ހަވާލުވިތާ 20 އަހަރު ވެފައިވާ އިރު އޭނާ އަށް އެ ކުލަބަށް އިނގިރޭސި ޕްރިމިއާ ލީގް ވެސް ހޯދައިދެވިފައި ވަނީ އެންމެ ތިން އަހަރު އެވެ. އަދި ޗމެޕިއަންސް ލީގް އެއްވެސް ފަހަރަކު ހޯދިފައިނުވާ އިރު އާސެނަލްގެ ސަޕޯޓަރުން އަންނަނީ ވެންގާގެ އިސްތުއުފާ އަށް ގޮވާލަމުންނެވެ.