ތުރުކީ ސްކޮލާޝިޕްގެ ދަށުން އަންޑާ ގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ތުރުކީ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ސްކޮލާޝިޕް ފުރުސަތުގެ ދަށުން ގިނަ ޕްރޮގްރާމްތައް ކިޔަވައިދޭނީ ތުރުކީ ބަހުން ކަމަށެވެ.

އެހެންކަމުން ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުން ތުރުކީ ބަސް ދަސްކުރުމަށް އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ހަދަން ޖެހޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހާކީ މި މަހުގެ 31 ވަނަ ދުވަހެވެ.

ތުރުކީ ސްކޮލަޝިޕްގެ ދަށުން، ކިޔެވުމުގެ ހަރަދާއި ހުރުމުގެ ކަންކަން ހިލޭ ހަމަޖެހިގެންދާނެ އެވެ. އަދި ޓިކެޓް ތުރުކީ ސަރުކާރުން ހަމަޖައްސައިދޭ އިރު ހެލްތު އިންޝުއަރެންސް ވެސް ލިބޭނެ އެވެ.