16 Mar 2016, 09:56
ހޯމް މިނިސްޓްރީ ހިންގެވުން ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވައިފި އެވެ.
ހޯމް މިނިސްޓްރީ ހިންގެވުން އާޒިމާއާ މިއަދު ހަވާލުކުރެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު ޗުއްޓީއެއް ނެންގެވުމާ ގުޅިގެންނެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް މިނިސްޓަރު އުމަރު ޗުއްޓީ ނެންގެވުމާ ގުޅިގެން، ހޯމް މިނިސްޓްރީ ހިންގެވުން އާޒިމާއާ ވަނީ ހަވާލުކުރައްވާފަ އެވެ.
އާޒިމާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ.