ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅުގައި، އެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްޤީ އަށް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކާއި ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ލ. އަތޮޅުގެ ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.