ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާދުންތަރި އިބްރާހީމް މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެއަށްވަނަ އެޑިޝަން ހޯމަ ދުވަހުގެ ރޭ ފަށާފައިވާއިރު، އެ މުބާރާތުގެ ފުރަތަމަ މެޗު ދިރާގުން ކާމިޔާބުކޮށްފިއެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ބޭރުގެ އެމްބަސީތައް ހިމެނޭގޮތަށް ޖުމުލަ 16 މުއައްސަސާއަކުން 19 ޓީމު މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވެއެވެ. މުބާރާތް ކުރިއަށް ގެންދަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ ޓޭބަލް ޓެނިސް ހޯލްގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ފުރަތަމަ މެޗުގައި ބޭންކް އޮފް މޯލްޑިވްސްއާ ވާދަކޮށް ދިރާގުން އެ މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި މި ދެޓީމުގެ އިތުރުން ހިމެނެނީ، ޔޫތު މިނިސްޓްރީގެ ޓީމެވެ.

މި ފަހަރުގެ މުބާރާތުގައި އަންހެން ޓީމުތައް ބައިވެރިވެފައި ވަނީ ފުރަތަމަ ޑިވިޝަންގައި އެކަންޏެވެ. އެ ޑިވިޝަންގައި ޖުމުލަ ތިން ޓީމު ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ، އެމްއޭސީއެލްއާއި ސްޓެލްކޯގެ އިތުރުން ދިރާގެވެ.

ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގައި ރޭ ދިރާގާއި އެމްއޭސީއެލް ބައްދަލުކުރި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ އެމްއޭސީއެލް އެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގައި ޖުމުލަ 13 ޓީމް ވާދަކުރާއިރު، އެ ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ.

ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ދުވަހުގެ މެޗުތަކުގެ ނަތީޖާތައް

  • ޖުމެއިރާ އާއި ޗައިނީޒް އެމްބަސީ ވާދަކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ޖުމެއިރާ.
  • ރައްޔިތުންގެ މަޖިލީހާއި ދިރާގު ވާދަކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ދިރާގު.
  • އެމްއޭސީއެލްއާއި ކަސްޓަމްސް ވާދަކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ އެމްއޭސީއެލް.
  • މަލަހިނި ކުޑަ ބަނޑޮހާއި އިންޑިއަން ހައިކޮމިޝަން ބައްދަލުކުރި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ކުޑަބަނޑޮސް.
  • އައިލެންޑް ވޯޓާ ސްޕޯޓްސް އާއި އޭޑީކޭ ބައްދަކު ކުރި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ، އޭޑީކޭ ހޮސްޕިޓަލް.

މާޗް 14 އިން 19އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް މިރޭވެސް އެމްސީއެސްއީ ޓީޓީ ހޯލްގައި ކުރިއަށް ދާނެއެވެ.