ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން މާލެ ގެނައި މީހާ އަދިވެސް ހޭނާރާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިރޭ "ސަން" އަށް ވިދާޅުވީ، ރޭ މާލެ ގެނައި އެ އަންހެން މީހާ އަދިވެސް އޮތީ ވެންޓިލޭޓާގެ އެހީގައި ކަމަށާއި އޭނާ އަދިވެސް ހޭނާރާ ކަމަށެވެ.

އެ އަންހެން މީހާ ރޭ މާލެ ގެނައީ ކުޑަ އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތުމަށްފަހު ހޭ ނާރައި ގިނަ އިރުވެގެން އިމަޖެންސީކޮށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ކަމާ ބެހޭ އިސް ފަރާތަކާ ނުގުޅޭތީ އެހާދިސާއާއި ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.