Last Updated: 10 year 8 month ago
Last Updated:
10 year 8 month ago
އޭއެފްސީކަޕް: ނިއު 0-0 ކިޗީ
19:01
ގްރޫޕް އެފް
- ކާޔާ އެފްސީ - 6 ޕޮއިންޓް
- ބަލެސްޓިއާ ޚަލްސާ - 4 ޕޮއިންޓް
- ކިޗީ އެފްސީ - 4 ޕޮއިންޓް
- ނިއުރޭޑިއަންޓް- 2 ޕޮއިންޓް
މި ނަތީޖާ ތަކާއެކު ގްރޫޕް އެފްގެ ކޮންމެ ޓީމަކަށްވެސް 3 މެޗު ކުޅެވިފައިވާ އިރު، ގްރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ކާޔާ.
ގްރޫޕް އެފްގައި މިއަދު ސިންގަޕޫރުގެ ބަލެސްޓިއާ އާއި ފިލިޕީންސްގެ ކާޔާ އެފްސީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ކާޔާ އެފްސީ.
މެޗު ނިމިއްޖެ.
ފަރުވާއަށް ފަހު ނިޔާ ކުޅެން އަރައިފި.
ނިއުގެ އަހްމަދު ނިޔާޒަށް އަނިޔާވެގެން އޭނާއަށް ފަރުވާ ދިނުމަށް ދަނޑުން ބާލައިފި.
ފަހު ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 4 މިނިޓް.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ އެންމެ މިނިޓެއް. ކިޗީން މިދަނީ ފަހު ހާފުގައި ނިއުގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަމުން. އެހެން ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވޭ.
ނިއުގެ ގޯލަށް ކިޗީގެ ނުރައްކާތެރި ހަމަލާއެއް. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭން ކިޗީގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅަ ގޯލް ރޮނގުކައިރިން ދިފާއުކޮށް ނިއުގެ ބިދޭސީ ޑިފެންޑަރު މައިކަލް ބޯޅަ ކޯނަރަކަށް ބޭރުކޮށްލީ.
70 މިނިޓް ކުޅެވިއްޖެ. އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
ނިއުގެ ހަމަލާއެއް. ކިޗީގެ ޕެނަލްޓީ އެރިޔާ ތެރޭގައި ހުސްކޮށް ހުރި ނިޔާއާށް ވަރަށް ރީތިކޮށް ލިބުނު ބޯޅައެއް އޭނާ އެހާރީތިކޮށް ގޯލަށް ފޮނުވާލި، އެހެންނަމަވެސް ބޯޅަ ގޯލަށް އަމާޒުވާގޮތެއް ނުވި. ޕެނަލްޓީ އެރިޔާ ތެރޭގައި ހަމްޒާވެސް ހުސްކޮށް ހުރި.
ދެވަނަ ހާފް ފަށައިފި.ދެވަނަ ހާފް ފެށީ ކިޗީ ކުޅުންތެރީން.
ދެވަނަ ހާފް ފެށުމަށް ދެޓީމު ތައްޔާރުވެއްޖެ.
ގްރޫޕް އެފް
- ބަލެސްޓިއާ ޚަލްސާ - 4 ޕޮއިންޓް
- ކާޔާ އެފްސީ - 3 ޕޮއިންޓް
- ކިޗީ އެފްސީ - 3 ޕޮއިންޓް
- ނިއުރޭޑިއަންޓް- 1 ޕޮއިންޓް
މުބާރާތުގެ ގްރޫޕް އެފްގައި ހިމެނޭ މި ދެޓިމުވެސް މިހާރު ވަނީ، ދެ މެޗު ކުޅެފައި. އެގޮތުން ނިއު ކުޅުނު ދެ މެޗުގެ ތެރޭން އެއްމެޗު އެއްވަރުވެ އަނެއް މެޗުން އެޓީމު ވަނީ ބަލިވެފައި. ކިޗީ ކުޅުނު ދެ މެޗުގެ ތެރޭން ފުރަތަމަ މެޗުން އެޓީމު ބަލިވެފައިވީ ނަމަވެސް ދެވަނަ މެޗުން އެޓީމު ވަނީ މޮޅުވެފައި.
އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި،ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.
ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް ދައްކައިފި.
ކިޗީއަށް ލިބުނު ކޯނަރަކުން ނިއުގެ ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ކިޗީ ކުޅުންތެރިއަކު ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެންނަމަވެސް ނިއުގެ ކީޕަރު ވަރަށް ހުށިޔާރުކޮށް ބޯޅަ ދިފާއުކުރީ. ނަމަވެސް އޭނާ އަތުން ދޫވެގެން ދިޔަ ބޯޅަ ފޮނުވާލަން ކިޗީ ކުޅުންތެރީން އަނެއްކާ ވެސް މަސައްކަތްކުރި.
އަނެއްކާވެސް ކިޗީގެ ޕެނަލްޓީ އޭރިޔާ ބޭރުން ނިއުއަށް ހިލޭ ޖެހުމެއް. ރިލޭ ފޮނުވާލި ބޯޅަ އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭން ކިޗީ ކުޅުންތެރީން ދިފާއުކުރީ.
ހަމްޒާ ކިޗީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ހޯދުމަށްފަހު، ރިލޭ ވަރަށް ރީތިކޮށް ކިޗީގެ ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލި. އެހެން ނަމަވެސް އެބޯޅަ ކިޗީ ކުޅުންތެރީން ދިފާއުކުރީ.
ނިއުއަށް ލިބުނު ހިލޭޖެހުން، ރިލޭ ކިޗީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން އެ ބޯޅަ ޖަހަން އެރި ނިއުގެ ކުޅުންތެރީންނަށް ބޯޅަ ލިބޭގޮތެއް ނުވި.
ކިޗީގެ ޕެނަލްޓީ އޭރިޔާ ބޭރުން ނިއުއަށް ހިލޭ ޖެހުމެއް.
ނިއުގެ ސުހޭލް ކިޗީގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެއްޓި އޭނާއަށް އަނިޔާވެގެން ދަނޑުން ބާލައިފި. ސުހޭލް ފައުލްކުރީ ކަމަށް ބަލާފައި ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ދައްކާފައި.
ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭން ކިޗީގެ ކްރިސްޓިއަން ބޯޅަ ހިފައިގެން ގޯލާ ދިމާއަށް ދަނިކޮށް ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި އޭނާ ވެއްޓުމުން ރެފްރީ އޭނާ ޑައިވް ކުރީކަމަށް ބަލާފައި ރީނދޫ ކާޑެއް ދައްކައިފި.
ނިއުގެ ހާފްގެ މެދެއްހާ ހިސާބުން ކިޗީއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމު އުފެއްދި ހަމަލާއެއް ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭން ދިފާއުކުރާން އުޅުމުގެ ތެރޭގައި ރިލޭއަށް މިވަނީ އަނިޔާވެފައި.
މެޗުގެ ފުރަތަމަ 10 މިނިޓްގެ ކުޅުން ނިމުނު އިރު އަދި އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް ނުރައްކާ ކޮށްލެވޭގޮތެއް ނުވޭ.