މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހ. ބްލޫޑްރީމް، އިބްރާހީމް ޝަރީފްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކުރި އިރު ހުރީ ކެނަބިސް ބޭނުންކޮށްގެން ކަމަށް ޝަރީފް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރި އިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ޝަރީފްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 113 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.