15 Mar 2016, 14:26
މަވެސް އުރީދޫ ކެމްޕެއިންގެ ދަށުން، މުޅިން ހިލޭ ވައިބަރ ބޭނުންކުރެވޭ ވަރަށް ޙާއްސަ އޮފަރ އެއް، އެކުންފުނިން މިއަދު ތައާރަފް ކޮށްފިއެވެ.
އުރީދޫ އިން މިހާރު ކުރިއަށްގެންދާ މަވެސް އުރީދޫ ކެމްޕެއިން އަކީ ކަސްޓަމަރުންގެ ނަޒަރުން އުރީދޫ ބްރޭންޑް ރަމްޒުކޮށްދެނީ ކޮންކަންކަމެއް ކަމާއި، އުރީދޫ އިން ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަތަކާއި، ފުރިހަމަކަން ގެނެސްދެނީ ކޮން ގޮތްތަކަކުންކަން ހާމަކޮށްދޭ ކެމްޕެއިން އެކެވެ. މިގޮތުން، އުރީދޫގެ ކަސްޓަމަރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އުރީދޫ އާއި އެކު ކުރެވިފައިވާ ތަޖުރިބާތައް ދަނީ ކިޔާދެމުންނެވެ.
އުރީދޫ އިން މިއަދު ތައާރަފް ކުރި ހާއްސަ ޕްރޮމޯޝަން މެދުވެރިކޮށް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކުރިއަށް އޮތް ތިންމަސް ދުވަސް ތެރޭގައި ވައިބަރ އެޕްލިކޭޝަން މެދުވެރިކޮށް ގާތްތިމާގެ ބޭފުޅުންނާއި އެކު ޗެޓްކޮށް، ސްޓިކަރ ފޮނުވައި، ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރެވޭނެއެވެ. ހަމައެއާއިއެކު މާރޗް މަހުގެ ތެރޭގައި އުރީދޫ ނެޓްވަރކް އާއި އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާއި، އުރީދޫ ޕްރީޕެއިޑް ނުވަތަ މިކްސް ޕެކޭޖުން ޕޯސްޓްޕެއިޑް ޕެކޭޖަކަށް އަޕްގްރޭޑް ކުރައްވާ ބޭފުޅުންނަށްވެސް، މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
"އުރީދޫގެ އެންމެ ބޮޑު ކާމިޔާބީ އަކީ އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންގެ ފަރާތުން ލިބިގެންދާ ހިތްވަރާއި، އެއްބާރުލުން. މިގޮތުން، އުރީދޫގެ ކަސްޓަމަރުން ހިތްހަމަޖެހޭފަދަ، އަދި އެބޭފުޅުންނަށް ކޮންމެދުވަހަކުވެސް ފައިދާ ލިބިގެންދާފަދަ ހާއްސަ ޕްރޮމޯޝަންތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި އޮފަރ މި ގެނެސްދެނީ، ދިވެހިރާއްޖޭގައި އާއިލާ އާއި ރައްޓެހިންނާއި އެކު ގުޅުންބޭއްވުމުގައި ވައިބަރ އެޕްލިކޭޝަންގެ މަޤްބޫލުކަން ބަލައިގަތުމާއި އެކު." އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވިއެވެ.
އުރީދޫ އިން ވައިބަރ އާއި ގުޅިގެން، ވައިބަރ އަށް ހާއްސަ ކުރެވިފައިވާ ޗެޓް ޕެކް ތަކެއް ވަނީ ތަޢާރަފްކޮށްފައެވެ. ވައިބަރ މޮބައިލް އެޕް މެދުވެރިކޮށް ވަރަށް ހެޔޮ އަގެއްގައި ގާތްތިމާގެ ބޭފުޅުންނާއި މުއާމަލާތުކޮށް ގުޅުންބަދަހިކުރުމަށް މަގުފަހިކޮށްދޭ މި ވައިބަރ ޕެކްތަކުގެ ތެރޭގައި ހިމެނެނީ، އެއް ދުވަހަށް ހާއްސަ "ވައިބަރ5" ޕެކްއަކާއި، ފަސް ދުވަހަށް ބޭނުންކުރެވޭ "ވައިބަރ11" ޕެކްއެކެވެ. މީގެ ތެރެއިން "ވައިބަރ5" ޕެކް ޙިޔާރު ކުރެއްވުމުން، ވައިބަރ އެޕްގައި 30 އެމްބީގެ އެލަވަންސްއެއް، އެންމެ 5 ރުފިޔާ އަށް ލިބިވަޑައިގަންނަވާނެއެވެ. ހަމައެއާއިއެކު 11 ރުފިޔާގެ "ވައިބަރ11" ޕެކް މެދުވެރިކޮށް، ވައިބަރ ބޭނުންކުރެއްވުމަށް 80 އެމްބީގެ ޑޭޓާ އެލަވަންސްއެއް ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫ ނެޓްވަރކް އާއި ގުޅިވަޑައިގަންނަވާ ކަސްޓަމަރުންނަށް ހޫނު މަރުޙަބާއެއްގެ ގޮތުން، ކޮންމެ ބޭފުޅަކަށްވެސް 15 ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ، މަވެސް އުރީދޫ ކެމްޕެއިންގެ ދަށުން، އެކުންފުނިން ދަނީ ސޯޝަލް މީޑިއާގައިވެސް ވަރަށް ހާއްސަ މުބާރާތެއް ކުރިޔަށް ގެންދަމުންނެވެ. މިގޮތުން “#mavesooredoo” ހޭޝްޓެގް އާއި އެކު، ސެލްފީއަކާއި، އުރީދޫ ޙިޔާރު ކުރެއްވި ސަބަބު ބަޔާންކޮށް ފޭސްބުކް، ޓްވިޓަރ ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓް ކުރެއްވުމުން، ސެމްސަންގްގެ އެންމެ ފަހުގެ ފޯން، "ގެލެކްސީ އެސް7" އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުރީދޫ އިން މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުން ހިތްހަމަޖެހޭނެފަދަ އައު އަދި އުފެއްދުންތެރި ޕްރޮޑަކްޓްތަކާއި، ޙިދުމަތްތަކާއި ޕްރޮމޯޝަންތައް މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ހަޔާތައް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށެވެ.