26 Apr 2010, 14:55
19:00
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގދ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 23 އަހަރުގެ އެމީހާ ފުލުހުން އަތުލައިގެންފައި ވަނީ އެއަތޮޅުގައި ރިސޯޓެއް ހަދަމުންދާ ރަށެއް ކަމަށްވާ ލޮނަދުވަހުއްޓާ ކިޔާ ފަޅުރަށެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އިއްޔެ ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާ ފާސްކުރުމުގައި އޭނާ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާ ތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި 19 ޕެކެޓާއި ހޭޝް އޮއިލް ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހާއަކީ އެރަށް ބެލެހެއްޓުމަށްޓަކައި އެރަށުގައި ތިބޭ މީހުންގެ ތެރެއިން މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.