15 Mar 2016, 00:11
މިއަދު ހަވީރު މާލޭގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު މ. ބެންތެޔޮ ގޯޅީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އަނިޔާ ލިބުނު ޒުވާނާގެ ދެއަތް ޒަޚަމްވެފައިވާ ކަމަށާއި އޭނާ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހައްޔަރުކުރި މީހާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.