ކެންސަރު ބަލިން ރައްކާތެރި ވުމަށް ތާޒާ މޭވާއާއި ތަރުކާރީ ކެއުން މުހިއްމެވެ. ހާއްސަކޮށް ފެހިކަން ގަދަ، އެންޓި އޮކްސިޑެންޓުން މުއްސަނދިވެފައިވާ ކާނާ ކެއުން ވަރަށް މުހިއްމެވެ.

އެހެންނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ވެފައި އޮންނަ ގޮތަކުން އެ ކަންކަމަކީ މާބޮޑު އިސްކަމެއް ދެވޭ ކަންތައްތަކެއް ނޫނެވެ. އަދި ގިނަ ފަހަރު އެކަންކަމަށް އެއްވެސް ކަހަލަ ސަމާލުކަމެއް ވެސް ނުދެވެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ކޮންމެވެސް ގުނަވަނަކަށް ކެންސަރު ޖެހި ކެންސަރު ބަލީގެ ޝިކާރައަކަށް ވެދެ އެވެ.

އެހެންކަމުން، ކެންސަރު ބަލިން ރައްކާތެރި ވުމަށް ދުރާލައި މަސައްކަތް ކުރަން ޖެހެ އެވެ. ސިއްހަތަށް ފައިދާ ހުރި، އަދި ފެހި ކުލަ ގަދަ ކާނާ އާއި ފަތްޕިލާވެލީގެ ބާވަތްތައް ކެއުމަށް އިސްކަން ދޭން ޖެހެ އެވެ. އެގޮތުން ކެންސަރު ބަލިން ރައްކާތެރި ވުމަށް އެހީތެރިވެދޭނެ ފަތްޕިލާވެލީގެ ޖޫހަކަށް ބަލައިލާނަމެވެ.

އެންޓި ކެންސަރު ޖޫސް

ބޭނުންވާ ތަކެތި:

  • ތިން ފަތް ކޭލް (ލީފް ކެބެޖު)،

  • ބައި ޖޯޑު ފެން،
  • އެއް ލުނބޯ،
  • އަތް ގޮށްޓެއްގެ ސްޕިނެޗު.

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު ރަނގަޅަށް ގުރައިންޑު ކޮށްލާށެވެ. އަދި ގިނަ އިރު ނުކޮށް ބޯލާށެވެ.

އެ ޖޫސް ބުއިން އެންމެ ރަނގަޅީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނުގެ ނާސްތާގެ ކުރިންނެވެ. އެހެންނަމަވެސް ތިބާ އަކީ ކެންސަރު ބަލި މިހާރު ވެސް ތަހައްމަލު ކުރަމުންދާ މީހެއް ނަމަ ކޮންމެ ދުވަހަކު ކެއުމުގެ ކުރިން އޭގެ ތިން ތަށި ޖޫސް ބޯށެވެ.

މައުލޫމާތު:1 މިލިއަން ހެލްތު ޓިޕްސް