14 Mar 2016, 14:41
މުއާސަލާތީ ކުންފުނި ދިރާގުން އަލަށް ޕޯސްޕެއިޑެއް ނުވަތަ ޕްރީޕެއިޑް ސިމެއް ނަގާ ފަރާތްތަކަށް ހިލޭ ޑޭޓާ ދޭން ފަށައިފި އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވިގޮތުގައި މިހާރު އަލަށް ދިރާގު ޕޯސްޕެއިޑް ނަގާ ފަރާތްތަކަށް އެފަރާތަކުން ނަގާ ޕެކޭޖަކާއި ގުޅުވައިގެން ފަސް ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ.
އަލަށް ޕްރީޕެއިޑެއް ނަންގަވާ ފަރާތަކަށް ހަ މަސް ދުވަސް ވަންދެން މަހަކު 300 އެމްބީ ފުރީކޮށް ލިބޭނެ ކަމަށް ވެސް އިމްޖާދު ވިދާޅުވި އެވެ.
ދިރާގު ސިމްއެއް ނަގާ ފަރާތްތަކަށް ޕުރޮމޯޝަނެއް އެ ކުންފުނިން ފަށާފައިވާއިރު މިހާރު ވަނީ ނަމްބަރު ބަދަލުކޮށް އޮޕަރޭޓަރު ބަދަލުކުރެވޭނެ ހިދުމަތް ފަށާފަ އެވެ.