14 Mar 2016, 10:00
ހދ. ފިނޭގައި ވަޅުގަނޑެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ދުވަސްވީ މީހާ މެރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަޅުގަނޑެއްގެ ތެރޭގައި މަރުވެފައި އޮށްވައި ފެނިފައި ވަނީ އުމުރުން ގާތް ގަނޑަކަށް 70 އަހަރު ވެފައިވާ، ފިނޭ ވައިލެޓްހައުސް، އުސްމާން މުހައްމަދެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެމީހާގެ ހަށިގަނޑުން ވެސް އެއްވެސް ޒަހަމެއް ފެންނަންނެތް އިރު މިހާތަނަށް ބެލިބެލުމުން އެއީ ގުދުރަތީ މަރެއް ކަމަށެވެ.
"އަދި މިހާތަނަށް އެކަމާއި ގުޅިގެން އެއްވެސް ހެއްކެއް ފެނި އެކަހަލަ އެއްވެސް ކަމެއް ނެތް، ގުދުރަތީ ގޮތުން މަރުވީކަމަށް ބެލެވެނީ." އިސްމާއިލް ވިދާޅުވި އެވެ.
ފިނޭގެ ދަނޑުބިމެއްގައިވާ ވަޅުގަނޑެއްގެ ތެރޭގައި މަރުވެފައި އޮއްވައި އެދުވަސްވީ މީހާ ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.