14 Mar 2016, 09:14
ރީތި ދަތްތަކެއްގެ ވެރިއަކަށް ވުމަށް ކޮންމެ މީހަކު ވެސް ބޭނުން ވާނެ އެވެ. އެފަދަ ދަތްޕިލައެއް ލިބިފައި ހުރުމަކީ މީހާގެ ސާފު ތާހިރުކަމާއި ރީތިކަން ވެސް އިތުރުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ދަތްތައް ހުދު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.
ސީޑްސް އެންޑު ނަޓްސް

ނަޓްސް ---
ބައެއް ބާވަތްތަކުގެ އޮށާއި ނަޓްސް ބޭނުންކޮށްގެން ވެސް ދަތްތައް ހުދު ކުރެވިދާނެ އެވެ. އެގޮތުން ސިއްހަތަށް ވެސް ފައިދާ ހުންނަ އާމަންޑު، ޕިސްޓާޗިއޯ، ގުރައުންޑު ނަޓު ފަދަ އެއްޗެހި ކެއުމުން ދަތްތަކުގައި ހަރުލާފައި ހުންނަ ސްޓެއިންސްތައް ނައްތާލާ ދަތްތައް ހުދުކޮށްދެ އެވެ.
ކާށި ތެޔޮ

ކާށި ތެޔޮ ---
އިސްތަށިގަނޑާއި ހަމަށް ވެސް ރަނގަޅު ކާށި ތެލަކީ ދަތްތައް ހުދުކުރުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ދަތް އުނގުޅުމަށް ފަހު 20 ވަރަކަށް މިނެޓު ވަންދެން ކާށި ތެލުން އަނގަ ދޮންނާށެވެ.
ހަމައެހެންމެ، ދަތް އުނގުޅާ ބުރުހަށް ވެސް ދެ ތިން ތިކި ކާށި ތެޔޮ އެޅުމަށްފަހު ވެސް ދަތްތައް އުނގުޅިދާނެ އެވެ. އޭގެ ސަބަބުން ދަތްތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލާ، ދަތްތައް ސާފުކޮށްދޭނެ އެވެ. އަދި ދަތްތައް ހަލާކުވުމުންވެ ސް ދުރުކޮށްދޭނެ އެވެ.
ސްޓްރޯބެރީ

ސްޓްރޯބެރީ ---
ސްޓްރޯބެރީގައި ގިނަ އަދަދަކަށް މެލިކު އެސިޑު އެކުލެވެ އެވެ. އެއީ ދަތްތަކުގައި ހިފާފައި ހުންނަ ހަޑި ކުލަ ފިލުވުމަށް އެހީތެރި ވެދޭ މާއްދާއެކެވެ. އެހެންކަމުން ސްޓްރޯބެރީކޮޅެއް ކުޑަކޮށް ޗަސް ކޮށްލުމަށް ފަހު ދަތްތަކުގައި ހާކާށެވެ. ދަތްތަތް ހުދުވާނެ އެވެ.
މައުލޫމާތު: އައިޑިއާ ޑައިޖެޒްޓު.ކޮމް