14 Mar 2016, 08:45
ބޮލީވުޑްގެ މަޝްހޫރު ތަރި ސިދާތު މަލްހޯތުރާ އާއި އާލިއާ ބަޓު އެންމެ ފުރަތަމަ އެކުގައި ފެނިގެން ދިޔައީ ކަރަން ޖޯހަރުގެ "ސްޓުޑެންޓު އޮފް ދަ އިޔާ" އިންނެވެ. އެ ފިލްމަށްފަހު އެ ދެތަރިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަން ފާހަގަ ކުރެވެއެވެ.
އެހެންނަމަވެސް އެއީ ލޯބީގެ ގުޅުމެއް ތޯ ނުވަތަ ރަހުމަތްތެރި ކަމުގެ ގުޅުމެއް ތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. އެގޮތުން އެއް ބަޔަކު، އެ ދެތަރިންގެ މެދުގައި ވަނީ ލޯބީގެ ގުޅުމެކޭ ބުނާ އިރު އަނެއް ބަޔަކު ބުނަނީ އެއީ ރަހުމަތް ތެރިކަމުގެ ގުޅުމެއް ކަމަށެވެ.
ކޮންމެ އަކަސް، "ކަޕޫރު އެންޑް ސަންސް ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އާލިއާ ވަނީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ އެ ސުވާލަށް ޖަވާބެއް ދީފައެވެ.
"އަހަރެން ވަރަށް ސާފުކޮށް ބުނެފިން ސިދާތު އަކީ އަހަރެންގެ ވަރަށް ގާތް ރަހުމަތް ތެރިއެކޭ. އަދި އަބަދުވެސް އެ ގޮތުގައި ހުންނާނެ،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އާލިއާ ބުންޏެވެ.
ސްޓްޑެންޓު އޮފް ދަ އިޔާ އަށް ފަހު "ކަޕޫރް އެންޑް ސަންސް" އަކީ އާލިއާ އާއި ސިދާތު އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.