14 Mar 2016, 01:59
ބުރުޒުމަގު ޔޫއެން ބިލްޑިންގ ކައިރީ ހުރި ދެ ސައިކަލެއް އަނދައި ހުލިވެއްޖެއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 11:45 އެހައިކަންހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

13 މާޗް 2016: ޔޫއެން ބިލްޑިންގ ކައިރީ ހުރި ދެ ސައިކަލެއް އަނދައި ހުލިވެފައި ---- ސަން ފޮޓޯ: އަހްމަދު އާޒިފް
އެ ހާދިސާ ހިނގުމާ އެކު ފުލުހުންގެ ތަހުގީގު ޓީމެއް އެ ސަރަހައްދަށްގޮސް އެ މައްސަލައިގެ ތަހުގީގު ވަނީ ފަށާފައެވެ.
ދެ ސައިކަލްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޓެކްސީއަކަށް ވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ވަނީކޮށްފައެވެ. ނަމަވެސް އެހާބޮޑު ގެއްލުމެއް އެ ޓެކްސީއަށް ލިބިފައެއް ނުވެއެވެ.
އަލިފާންރޯވި ދެ ސައިކަލް ހުރި ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ.

13 މާޗް 2016: ޔޫއެން ބިލްޑިންގ ކައިރީ ހުރި ދެ ސައިކަލެއް އަނދައި ހުލިވެފައި ---- ސަން ފޮޓޯ: އަހްމަދު އާޒިފް
އެ ދެ ސައިކަލްގައި އަލިފާންރޯވީ މީހަކު ނުވަތަ ބަޔަކު ރޯކޮށްލުމުން ކަމެއް ބުނަން އަދި ނޭނގެއެވެ.