27 Apr 2011, 11:17
ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އަޙްމަދު ޢިނާޒަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ފާސް ކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 68 އަށް މެންބަރުން ވޯޓު ދެއްވައިގެނެވެ. އިނާޒަށް ރުހުންދޭން ނުފެންނަ ކަމަށް ވޯޓު ދެއްވެވީ ދެ މެންބަރުންނެވެ.
އިނާޒަށް މަޖިލީހުން ރުހުން ދެއްވެވީ އޭނާގެ ނަން ދިރާސާކުރި ކޮމިޓީން ވެސް އިނާޒުގެ ނަންސް ފާސްކުރައްވާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނާޒުގެ ނަމަށް ރުހުން ދިނުމުގެ ބަހުސްގައި މެންބަރުން ވިދާޅުވީ، އިނާޒަކީ އެކަމަށް ގާބިލް ބޭފުޅެއްކަން ގަބޫ ކުރައްވާ ކަމަށެވެ. ނަމަ ވެސް ރާޖޭގެ އިގްތިސާދަށާއި ޑޮލަރުގެ އަގަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވައި ގާބިލްކަން ދައްކަވަން ވާނެ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އެން ނޫންނަމަ ރައްޔިތުންންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ބާރުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިމަހުގެ 10 ވަނަ ދުވަހު ފިނޭންސް މިނިސްޓަރުކަމަށް އަހްމަދު އިނާޒް އައްޔަން ކުރައްވާފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން، 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު އެނާ އިސްތިއުފާ ދެއްވުމަށްފަހު ގިނަ ދުވަސްތަކެއް ވޭތުވުމަށް ފަހުގައެވެ.
ފިނޭސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އިނާޒް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓްފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަގާމުގައެވެ.