13 Mar 2016, 23:10
ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި ރާއްޖެއިން ފެނިގެންދާނީ އުފެއްދުންތެރި މުޖުތަމައުއަކުން ފެންނާނެ ސިފަތައް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ތިންރުއް ޕާކު ތަރައްގީކޮށް، "ސުނާމީ ބިނާ މައިޒާން" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު ދިވެހި ޒުވާނުންގެ އާބާދީ އަދި ޅަ ކަމަށެވެ.
"ނަމަވެސް ދިހަވަރަކަށް އަހަރު ފަހުން ދެން ފެންނާނީ ފުދުންތެރި މުޖުތަމައު އަކުން ފެންނާނެ ސިފަތައް އިރާދަކުރެއްވިއްޔާ. އެ ސިފަތަކުގެ ތެރޭގައި ބޮޑެތި އާއިލާތަކެއް ނުހުންނާނެ. ހުންނާނީ ކުދިކުދި އާއިލާތައް. އޭރު ޒުވާން ޕޮޕިއުލޭޝަން އޭޖު ވާން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
މާޗް، 13، 2016: ސުނާމީ ބިނާއާ އެކު، ތަފާތު ބޮޑެތި ބަދަލުތަކެއް ގެނެސް "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި ތިން ރުއް ޕާކު ސަރަހައްދު ރަސްމީކޮށް ހުޅުވުން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރައީސް ވިދާޅުވީ، އެހިސާބުން ދެން ޒުވާނުންނަށް ވުރެ ބޮޑަށް ވެރިކަން ހިންގާ ފަރާތުން ވިސްނަން ޖެހޭނީ ދޮށީ އުމުރުގެ ފަރާތްތަކަށް ބޭނުންވާ ސިއްހީ ހިދުމަތްތަކާ، ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
ޒުވާނުންގެ ތަރައްގީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޒުވާނުން ގެދޮރުވެރި ކުރުވުމާއި ޒުވާނުންނަށް އާމުދަނީ ލިބޭނެ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުން ޒުވާނުންނާ ހަމައަށް ވަޒީފާގެ ފުރުސަތުތަކާ، މަސައްކަތްތައް ގެންގޮސްދޭނެ ކަމަށާއި އެ މަސައްކަތްތައް ކުރުމުގެ ހިތްވަރު ހުރެއްޖެ ނަމަ، ރާއްޖޭގެ ވަޒީފާގެ ބާޒާރު ޑޮމިނޭޓު ކުރާނީ ދިވެހި ޒުވާނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މާޗް، 13، 2016: ސުނާމީ ބިނާއާ އެކު، ތަފާތު ބޮޑެތި ބަދަލުތަކެއް ގެނެސް "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި ތިން ރުއް ޕާކު ސަރަހައްދު ރަސްމީކޮށް ހުޅުވުން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރައީސް ވަނީ ޒުވާނުންނާ ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ ބިނާކުރުވަނިމި މަސައްކަތްކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް އިހުލާސްތެރިކަމާ އެކު ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.