އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ތަކެތީގެ ތެރެއިން ހދ. ހަނިމަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހައްޓާފައި ހުރި އެއްޗެތި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެ ތަކެތި ނައްތާލާފައި ވަނީ އިއްޔެ ހދ. ހަނިމާދޫގައި ކަމަށެވެ.

6f363b1070ee597915a2bc7a1257420d8c97a3936e7c55aff856c2e77949bc57

އިއްޔެ ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ 55 އިންސިޑެންޓެއްގައި ހިމެނޭ 85 ފުޅި ބަނގުރަލެވެ. އެ ތަކެއްޗަކީ ހދ. ހަނިމަދޫ އެއާޕޯޓަށް ފުރަންދާ އެކި ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ބަނގުރާ ފުޅިއާއި ބިޔަރު ދަޅު ކަމަށް ފުލުހުން ބުންޏެވެ.