13 Mar 2016, 14:32
އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތަކުގެ ތެރެއިން 41 ގަވާއިދެއްގެ މުއްދަތު ހަމަވާތީ، އެ ގަވާއިދުތަކުގެ މުއްދަތު ގަވާއިދު ކޮމެޓީން އިތުރުކޮށްފި އެވެ.
ގަވާއިދު ކޮމެޓީން އެ ގަވާއިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އިތުރުކުރީ އަންނަ މަހުގެ ނިޔަލަށް އެ ގަވާއިދުތަކުގެ މުއްދަތު ހަމަވާތީ އެވެ. އަދި އެ 41 ގަވާއިދަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހަށް ކޮމެޓީން ވަނީ އިތުުރުކޮށްފަ އެވެ.
މުއްދަތު އިތުރުކުރި ބައެއް ގަވާއިދު:
- ދިވެހިރާއްޖޭގެ ނަރުހުންގެ މަޖިލީހުގެ ގަވާއިދު
- މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު
- ކާބޯތަކެތި އިޝްތިހާރު ކުރުމާބެހޭ ގަވާއިދު
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާ ބެހޭ އާއްމު ގަވާއިދު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާ ބެހޭ ގަވާއިދު
- މާލެ ޕްލޭނިން ގަވާއިދު
- ދިވެހިރާއްޖޭގެ ކުޅިވަރުގެ ގައުމީ މަޖިލީހުގެ ގަވާއިދު
- ޖިނާއީ އިޖުރާއަތުގެ ގަވާއިދު