އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑާ ލިއޮނެލް މެސީއާ އެކު އެކުންފުނިން "ޓުގެދާ ވީ ކޭން ޑޫ ވޮންޑާޒް"ގެ ނަމުގައި އަނެއްކާ ވެސް ބައިނަލް އަގުވާމީ ކެމްޕެއިން މިއަދު ފަށައިފި އެވެ.

ލިއޮނަލް މެސީއާ އެކު އުރީދޫ އިން މީގެ ކުރިން ވަނީ "ސިމްޕްލީ ޑޫ ވޮންޑަޒް"ގެ ނަމުގައި އެޑްވަޓައިސިންގް ކެމްޕެއިނެއް ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށްގެންގޮސްފަ އެވެ. އެ ކެމްޕޭނަށް ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑްތަކެއް ވަނީ ލިބިފަ އެވެ.

އުރީދޫ އިން ބުނީ މިފަހަރުގެ ކެމްޕެއިންގައި، ޓެކްނޮލޮޖީ މެދުވެރިކޮށް ލިބިގެންދާ ފުރުސަތުތަކަށް އަލިއަޅުވާލުމުގެ އިތުރުން، ސޯޝަލް ކޯޕަރޭޓް ރެސްޕޮންސިބިލިޓީގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގައި އެކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކާއި އުރީދޫ ނިސްބަތްވާ ގައުމުތަކުގައި އެކުންފުނިން ކުޅިވަރަށްދޭ އަހަމިއްޔަތުކަން ދައްކުވައިދޭނެ ކަމަށެވެ.

ޖީއެސްއެމްއޭގެ މޮބައިލް ވާލްޑް ކޮންގްރެސްގެ ތެރެއިން، ބާސެލޯނާގައި މެސީއާއި އުރިދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ބައިވެރިވި ހާއްސަ ހަފްލާއެއްގައި "ޓުގެދާ ވީ ކޭން ޑޫ ވޮންޑާޒް" ކެމްޕެއިން އަށް ހާއްސަ ވީޑިއޯ އިޝްތިހާރެއް ވަނީ ތައާރަފްކޮށްފަ އެވެ. މިފަހަރުގެ އިޝްތިހާރުން ދައްކުވައިދެނީ ޓީމްވޯކް، ޓެކޮނޮލޮޖީގެ ހުނަރުތައް، އަދި ކޮންމެ ކަމެއްގައި ވެސް އެންމެ ކުރިއަށް ވާސިލްވުމަށް އެދިގެން މަސައްކަތްކުރުމުގެ މުހިއްމުކަމެވެ.

އެ ކެމްޕެއިންގެ ދަށުން، އުރީދޫ އިން ވަނީwww.standforgood.comވެބްސައިޓްގައި، "ސްޓޭންޑް ފޯ ގުޑް"ގެ ނަމުގައި އޮންލައިން ސްޓްރެޓެޖީ ގޭމެއް ވެސް ތައާރަފްކޮށްފަ އެވެ. އެ ގޭމްގެ ބައިވެރިންގެ މަގްސަދަކަށް ވެގެންދަނީ، އުރީދޫ ނިސްބަތްވާ ގައުމުތަކުގައި ހިމެނޭ ފުޓުބޯޅަ ދަނޑަކަށް ވެބްސައިޓް މެދުވެރިކޮށް "ޗެކް-އިން" ކުރުމަށް ފަހު، 12 ގަޑި އިރު ވަންދެން އެދަނޑު ކެޕްޗާ ކޮށްގެން ހުރުން ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނީ އެކަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް ލަކީ ޑްރޯއެއް މެދުވެރިކޮށް، ބާސެލޯނާ އަށް ދެކޮޅު ޓިކެޓާ އެކު މެސީއާ ބައްދަލުވެ، މެސީގެ ފުޓުބޯޅައިގެ ހުނަރު ހަމަލޮލުން ދެކިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.