ސްކޫލްތަކުގެ މެދުގައި ކުޅޭ އިންޓަ ސުކޫލް ކެރެމް ޗެމްޕިއަންޝިޕް ރޭ ނިމުނު އިރު އެ މުބާރާތުގެ ހަތަރު އުމުރުފުރާގެ ތެރެއިން ދެ އުމުރުފުރާގެ ޗެމްޕިއަންކަން ތާޖުއްދީން ސުކޫލް ހޯދާފި އެވެ.

އަންހެން ފިރިހެން ދެ އުމުރުފުރާއަކަށް ބާހާލައިގެން މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާހަމައަށް ކުރިއަށް ދިޔަ އެ މުބާރާތުގައި ޖުމްލަ ނުވަ ސްކޫލަކުން ބައިވެރިވި އެވެ. އެ މުބާރާތުގައި ޓީމު އިވެންޓްގެ އިތުރުން ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓީމް އިވެންޓް ތަކުގެ ފައިނަލް ރޭ ނިމުނު އިރު ފިރިހެން 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލް ހޯދި އިރު އަންހެން ބައިން ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ. ތާޖުއްދީން ވަނީ 14 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ވެސް ނަގާފަ އެވެ.

އަރަބިއްޔާ އިން 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އިރު އިމާދުއްދީން ވަނީ އެ އެމުރުފުރާގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދާފައެވެ.

ނަވާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ހޯދިއިރު އަންހެން ޑިވިޝަންނުގެ ޗެމްޕއަނަކީ ސީއެޗްއެސްއީ އެވެ.

އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ގިޔާސުއްދީން ސްކޫލް ހޯލުގައި ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.