މައްކާ (މާޗް 12): މައްކާގައި ހުންނަ ހަރަމްފުޅުގެ އުތުރު ފަރާތުގައި ދުނިޔޭގެ އެންމެ ބޮޑު، ކުޑަ ބެހެއްޓުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށައިފި އެވެ.

އެއީ މިހާރު އަވަހާރަވެފައިވާ، ރަސްގެފާނު އަބްދުﷲގެ އަމުރުފުޅުގެ ދަށުން ހަރަމްފުޅުގައި ކުރިއަށް އޮތް ހަ މަސް ތެރޭގައި ބަހައްޓަން ހަމަޖައްސާފައިވާ "ހައިޓެކް" އަށް ކުޑަ އާއި އިތުރު 54 ކުޑައިގެ ތެރެއިން އެއް ކުޑަ އެވެ.

ޖަރުމަނުގައި އުފައްދާ އެ ކުޑަތަކުގައި ބޮޑު ގަޑިއަކާއި އަޅުކަންކުރާ މީހުންނަށްދޭ އިރުޝާދު ހިމެނޭ ސްކްރީނަކާއި އެއާ ކޮންޑިޝަނާއި ސީސީޓީވީ ކެމެރާތައް ހިމެނޭނެ އެވެ. އަދި އޭގެއިން ކޮންމެ ކުޑައެއްގެ ދިގުމިނުގައި 45 މީޓަރާއި ބަރުދަނުގައި 16 ޓަން ހުންނާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޭގެއިން ކޮންމެ ކުޑައަކުން 2،400 ސްކޮޔާ މީޓަރުގެ ސަރަހައްދު ހިޔާކޮށްދޭނެ އެވެ. ހުރިހާ ކުޑަތައް ބަހައްޓާ ނިމުމުން އެ ކުޑަތަކުން ގާތްގަނޑަކަށް 400،000 މީހުންނަށް ހިޔާ ލިބޭނެ އެވެ.

މީގެ އިތުރުން، އެޕްރޮޖެކްޓުގެ ދަށުން އަޅުކަންކުރާ ފަރާތްތަކުން އިށީންނާނެ 122 ބެންޗާއި އެކި ހިދުމަތްތައް ފޯރުކޮށްދޭނެ އިމާރާތްތައް އެ ސަރަހައްދުގައި ބިނާ ކުރާނެ އެވެ.

މީގެ ކުރިން، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި ވަނީ އެފަދަ 250 ކުޑަ ބަހައްޓައިފަ އެވެ. (ސައުދީ ގެޒެޓް)